ads
އަލްހާންގެ ފޮރެކްސްއަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބިޓްކޮއިން
އަލްހާންގެ ކުންފުނީގެ މައްސަލަ ބޭންކުން އިސްތިއުނާފު ކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އިސްވެ ހުންނަވައިގެން، ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ޕްލެޓްފޯމް ކިންގްސް ކެޕިޓަލްގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން އިސްއުނާފު ކުރަން ބޭންކުން ނިންމައިފިއެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސްއާ ދެކޮޅަށް، ކިންގްސް ކެޕިޓަލުން އުފުލި ދައުވާގެ ހުކުމް ސިވިލް ކޯޓުން އިއްވިއިރު ހުކުމްގައި ބުނެފައިވަނީ ކިންގްސް ކެޕިޓަލްގެ އެކައުންޓްތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށާއި އޭގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު ކިންގްސް ކުންފުންޏަށް އޮންނާނެ ކަމަށެވެ.
ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކޮށް ސްކީމް ހިންގަމުން ދަނިކޮށް ބޭންކުން އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓީ މިދިޔަ އަހަރުއެވެ.

އެކައުންޓްތައް ހިފެހެއްޓުމާ ގުޅިގެން ކިންގްސް ކެޕިޓަލުން ބޭންކާ ދެކޮޅަށް ދައުވާކުރީ އެ އެކައުންޓްތައް ޑީއެކްޓިވޭޓްކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައެޅުމަށާއި އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ކަނޑައެޅުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާ ކުރި ހުކުމުގައި ބުނެފައިވަނީ އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުން ކަމަށާއި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ހުކުމުގައިވެއެވެ. އަދި ބޭންކުގެ އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ. ބޭންކުން ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މި ހުކުމް އިސްތިއުނާފު ކުރާށެވެ. އެހެންނަމަވެސް އަދި ހައިކޯޓަކަށް އެ މައްސަލަ ހުށަހެއް ނާޅައެވެ.

އެ މައްސަލާގައި ކިންގްސް ކުންފުނީގެ ހިއްސާދާރުންނާއި އަލްހާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް