ads
ހައްދުފަހަނައެޅި ރަސްމަސް
ޤުރުއާން ހަތިމު އަންދާލީ ރަޝިޔާއިން ހަރަދުކޮށްގެންކަން ފަޅާއަރައިފި
ސްވިޑެންގައި މި ހަފްތާތެރޭގައި ކުރިއަށް ދިޔަ މުޒާހަރާއެއްގެ ތެރެއިން މުސްލިމުންނަށް ފުރައްސާރަ ކުރުމުގެ ގޮތުން ހަތިމު އަންދާލީ ރަޝިޔާއިން ހަރަދުކޮށްގެން ކަން ފަޅާއަރައިފިއެވެ.
Advertisement

މިގޮތުން ސްވިޑެންގެ މީޑިއާއިން ބުނާގޮތުން ހަތިމު އަންދާލުމަށްދުރު ކަނާތުފިޔައިގެ އެކްޓިވިސްޓް ރަސްމަސް ޕަލޫޑަން އަށް ފައިސާ ދީފައިވަނީ، ރަޝިޔާގެ ޕްރޮޕެގެންޑާ ޓީވީ 'ރަޝިޔާ ޓުޑޭ' (އާރުޓީ) ގެ ނޫސްވެރިއާ ޗަންގް ފްރިކް ކަމަށެވެ. 

ހަތިމު އަންދާލުމުގެ ކުރިން ސްވިޑެންގެ ޑިފެންސް މިނިސްޓަރު ޕަލް ޖޮންސަން ވަނީ ތުރުކީއަށް ބައްދަލުވުމަކަށް ވަޑައިގަތުމަށް ތައްޔާރުވެފައިކަމަށާއި، ނަމަވެސް، މުޒާހަރާތަކުގެ ސަބަބުން އެ ދަތުރު ވެސް ކެންސަލް ކުރިކަމަށް ރިޕޯޓުތައް ބުނެއެވެ. ސްވެޑެންގެ ޑިފެންސް މިިނިސްޓަރު ތުރުކީއަށް ވަޑައިގަތުމަށް ނިންމަވާފައިވަނީ ނޭޓޯއާ އެ ގައުމުގުޅުމަށް ތާއީދު ހޯދުމަށެވެ. 

ރަޝިޔާއިން ހަތިމު އަންދާލަން ހަރަދުކުރީ ކީއްވެ؟ 

ހަތިމު އަންދާލައި ސްވިޑެންއާމެދު މުސްލިމް ދުނިޔޭގެ ނަފްރަތު އުފެއްދުމަށް ރަޝިޔާއިން ބޭނުންވާ ސަބަބަކީ ސްވިޑެން ނޭޓޯއާ ގުޅުން ހުއްޓުވުންކަމަށް ވެސް 'އައި24 ނިއުސް' އިން ވަނީ ރިޕޯޓުކޮށްފައެވެ.

ސްވިޑެން އިން ނޭޓޯއާ ގުޅުމަކީ ރަޝިޔާއަށް ދަތިތަކަކާއި ކުރިމަތިވާނެ ކަމެއްކަމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. މިހެންކަމުން ތުރުކީއާއެކު ސްވިޑެން އިން ބާއްވަން އުޅުނު ބައްދަލުވުން ގަޑުބަޑުކޮށްލާއި އެ ގައުމުގެ ނަފްރަތު  އުފެދިއްޖެނަަމަ ސްވިޑެން އިން ނޭޓޯއާ ގުޅުމަށް ތުރުކީން ދެކޮޅު ހަދާނެއެވެ.

ރަޝިޔާގެ ޕްލޭން ކާމިޔާބުވިތަ؟  

ހަތިމު އަންދަލާފައިވަނީ ވެސް ސްވިޑެންގައި ހުންނަ ތުރުކީގެ އެންބަސީކުރިމަތީގައެވެ. ހަތިމު އަންދާލުމުގެ ސަބަބުން ރަޝިޔާއިން ކުޅެން ބޭންވި ނުބައި ގޭމު ކުޅެވުނުކަމަށާއި، ސްވިޑެންއާއި ތުރުކީއާ ދެމެދު އޮތް ގުޅުން އިތުރަށް ހީނަރުވެފައިވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިގޮތުން ހަތިމު އަންދާލުމާއެކު ތުރުކީން ވަނީ ސްވިޑެންގެ ސަފީރު އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް ނުރުހުން ފާޅުކުރުމުގެ ގޮތުން ސިޓީއެއް ވެސް ދީފައެވެ. ދުނިޔޭގެ މުސްލިމު ގިނަ ގައުމުތަކުން މިހާރު ގެންދަނީީ ސްވެޑެންއާއި ދެކޮޅަށް މުޒާހަރާ ވެސް ކުރަމުންނެވެ. އދ އިން ވެސް ވަނީ މި އަމަލު ކުށްވެރިކޮށްފައެވެ. 

ސްވެޑެންއަކީ ރަޝިޔާއިން ޔޫކްރެއިން އަށް އަރާ ކުރަމުންގެންދާ ހަނގުރާމައާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް