ads
ކެންބޯޑިއާގެ ބޮޑުވަޒީރު ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނީ
ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނިކޮށް ކެންބޯޑިއާ ބޮޑުވަޒީރަށް ފުރައްސާރަކޮށްފި
ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަ ކުރައްވަނިކޮށް ކެންބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަށް ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ތަހުގީގުކުރުމަށް އޭނާ ކެންބޯޑިއާ ފުލުހުންނަށް އަމުރުކުރައްވައިފިއެވެ.
Advertisement

ބޮޑުވަޒީރު ހުން ސެން އަށް މީހަކު ފުރައްސާރަ ކުރިކަމަށް ބަލާފައިވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަނިކޮށް ނަގާފައިވާ ފޮޓޯއަކަށް މީހަކު ކުރި ކޮމެންޓެއްގެ ސަބަބުންނެވެ. 

އެ ކޮމެންޓުގައި ބުނެގައިވަނީ "އަހަރުމެންގެ ބީޗުތައް ކިތަންމެހާވެސް ރީތި. ނަމަވެސް އަހަރުމެންގެ ލީޑަރުން އެހާ ހުތުރު،" ކަމަށެވެ.

މިކޮމެންޓު ކުރުމާއެކު ހުން ސެން ވަނީ ފޭސްބުކް ކޮމެންޓެއްގައި ކެންބޯޑިއާ ފުލުހުން ޓެގް ކޮށް އެ މައްސަލަ ބެލުމަށް އަމުރުކުރައްވާފައެވެ. ހުން ސެން މީގެ ކުރިންވެސް ބައެއް މައްސަލަތައް ތަހުގީގު ކުރުމަށް ފޭސްބުކް މެދުވެރިކޮށް ފުލުހުންނަށް އަންގާފައިވެއެވެ. 

"މިއީ ނުލަފާ މީހެއްގެ ބަސްތަކެއް. މިއީ ކޮންތަނަކުން ކުރިކަމެއްކަން ހޯދާ!" ހުން ސެން ފުލުހުން ޓެގްކޮށް ފޭސްބުކް ކޮމެންޓުގައި ބުނެފައިވެއެވެ. ބޮޑުވަޒީރުގެ ތަރުޖަމާނުވެސް ވަނީ މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ހުން ސެން އެންގެވުމާގުޅިގެން ގިނަބައެއްގެ ފާޑުކިއުން ވެސް ވަނީ ހުން ސެންއަށް އަމާޒުވެފައެވެ. ސަބަބަކީ ފޮޓޯއަށް ކޮމެންޓު ކުރި މީހާ ކުރީ 'ފުރައްސާރައެއް' ކަމަށް ނުބެލެވޭތީކަމަށް ފާޑުކިޔާ މީހުން ބުނެއެވެ. އަދި ފޭސްބުކް މެދުވެރިކޮށް ފުލުހުންނަށް އަމުރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ފާޑުކިޔާ މީހުން ބުނެއެވެ. 

ހުން ސެން ދިވެހިރާއްޖެއަށް ވަޑައިގެންފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 15 ވަަނަ ދުވަހުއެވެ. އޭނާ ތިން ދުވަހުގެ ޗުއްޓީއެއް ހޭދަ ކުރައްވާފައިވަނީ އަޒޫރު މޯލްޑިވްސްގައެވެ. 

60%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް