
ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯ އިން ފެންނަ ގޮތުގައި އައްޑޫސިޓީ ހިތަދޫ ޓެކްސީ ޑްރައިވަރަކު ވަނީ ކާރު ދުއްވަމުން އަމިއްލަ ޖިންސީ ގުނަވަން ނެރެ، ފުރައްސާރަ ކޮށްފަ އެވެ.
އެވަގުތު އެ ޓެކްސީ ތެރެއިން ކުޑަކުދިން ވާހަކަ ދައްކަމުން ދިޔަ އަޑު ވެސް ވީޑިއޯ އިން އިވިގެން ދެއެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޑްރައިވަރަކު ޓެކްސީ ދުއްވަމުން އަމިއްލަ ޖިންސީ ގުނަވަން ދައްކާ ފުރައްސާރަ ކުރި މައްސަލަ އެއް އިއްޔެ ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ޑްރައިވަރުގެ ވީޑިއޯ އާއްމު ވެފައިވާއިރު، އެ ޑްރައިވަރު އެވަގުތު ޓެކްސީ ގައި ތިބި ފަސިންޖަރުންނަށް އެ ވީޑިއޯ ލީކު ނުކުރުމަށް އެދި ފޮނުވި މެސެޖު ތަކެއްވެސް ސޯޝަލް މީޑިއާގައި ވަނީ މިއަދު އާއްމު ވެފަ އެވެ.
އެ މެސެޖު ތަކުގައި އެކަމަށް ޑްރައިވަރު މާފަށް އެދި، އެކަމަށް މާފު ކޮށްދިނުމަށް ވަނީ އެދިފަ އެވެ.