ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިމަމް ވޭޖަށް މަޖިލީހަށް ފެންނަ އަދަދު މިނިސްޓަރަށް އަރުވާނަން: ރައީސް ނަޝީދު
މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައެޅުމަށް މަޖިލީހަށް ފެންނަ އަދަދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް އަރުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ރިޕޯޓާއި އެކު މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ފެބްރުއަރީ 18 ވަނަ ދުވަހު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް އެ ރިޕޯޓް ފޮނުވާފައިވާކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓް މިވަގުތު އޮތީ އިގްތިސާދު ކޮމިޓީގައި ކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ރިޕޯޓަށް އިގްތިސާދު ކޮމިޓީގައި ބަހުސް ކުރެވޭކަމަށާއި، އަދި ކޮމިޓީން ކަމާއި ގުޅޭ އެންމެހާ ފަރާތްތަކަށް މަޝްވަރާ ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

"އަދި ރިޕޯޓް އެކުލަވާލާފައިވާ އެކިއެކި މާހިރުންނާ މަޝްވަރާކޮށް ވާހަކަ ދައްކާ ކަންކަން ސާފުކުރާނެ. އެކޮމިޓީގެ ނިންމުން ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ފޮނުވާނެ. އަޅުގަނޑު ދެކޭގޮތުގައި ކޮމިޓީގެ ނިންމުމުގައި އަދަދެއް ހިމެނެންޖެހޭ. އެއީ އެންމެ ކުޑަ އުޖޫރައިގެ އަދަދު."

ރައީސް ނަޝީދު ވިދާޅުވީ، އިކޮނިމިކް މިނިސްޓަރު އެދިލައްވާފައިވަނީ މަޖިލީހުގެ ލަފަޔަކަށް ކަމަށާއި، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އޮތީ އިކޮނޮމިކް މިނިސްޓަރަށް ކަމަށެވެ. 

"އަޅުގަނޑުމެން އެ ރިޕޯޓާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށްފަހު މިނިސްޓަރަށް އަދަދެއް އެރުވުން، އަޅުގަނޑަށް ފެންނަ ފެނުމުގައި މިހާރު ދެން މިކަމުގައި ދެން އަޅުގަނޑުމެން ކުރާން އޮތް ކަމަކީ."

އަދި ކަމާއި ގުޅޭ ހުރިހާ ފަރާތަކާއި މަޝްވަރާ ކުރުމަށްފަހު މަޖިލީހުގެ މަސައްކަތުގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖެއް ކަނޑައަޅުއްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވުމަށް ފަހު، މަސް ނިމުނުއިރު ވެސް އެކަން ކުރެވިފައި ނުވާތީ މިނިސްޓަރު  ވަނީ މާފަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް