ads
ރައީސް ސޯލިހް ރޭގެ ޖަލްސާގައި: ފޮޓޯ ކެމްޕެއިން ޓީމް
އަންނަ އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހު ޝަންގްރިއްލާ ހުޅުވާނެ - ރައީސް
ޝަންގްރިއްލާ ވިލިނގިލި ރިސޯޓު، އަންނަ އޮގަސްޓް ނޫނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑުގެ އާލަމީ ވަބާގެ ދުވަސްވަރު ޝަންގްރިއްލާ ބަންދުކުރުމާ ގުޅިގެން އެ ރިސޯޓުގައި މަސައްކަތް ކުރަމުން އައި އެތައް ބައެއްގެ ވަޒީފާ ގެއްލުނެވެ. އޭރު ބަންދުކުރި ގޮތަށް ރިސޯޓު ނުހުޅުވި ގިނަ ދުވަސްތަކެއް ފާއިތުވެފައިވާތީ، އެކަމުގެ ކަންބޮޑުވުން އައްޑޫގެ ގިނަ ފަރާތްތަކަކުން ދަނީ ހާމަކުރަމުންނެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރައްވަމުން ގެންދަވާ ކެމްޕޭނުގެ އެންމެ ފަހު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ޝަންގްރިއްލާ ރިސޯޓު ހުޅުވެން ދެން ގިނަ ދުވަހެއް ނުނަގާނެ ކަމަށެވެ.

"މިހާރު އެ ބޭފުޅުން މައުލޫމާތު ދީފައިވާ ގޮތުން އަންނަ އޮގަސްޓު ނޫނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ތަން ހުޅުވޭ ވަރަށް މަސައްކަތް ކުރެވޭނެ ވަރަށް އޮތީ އަންގާފައި،" - ރައީސް

އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި، އެ ކަމުގެ ތަފްސީލެއް ދެއްވަމުން ރައީސް ވިދާޅުވީ ޝަންގްރިއްލާ އަލުން ހިންގުމަށް ސަރުކާރުގެ ފަރާތުން ކުރަން ޖެހޭ ހުރިހާ ކަމެއް އިކޮނޮމިކް ކައުންސިލުން ކޮށް ނިންމައި، އެކަން ޝަންގްރިއްލާގެ ވެރިންނަށް އަންގާފައިވާ ކަމަށާއި އެއް މަސްދުވަހުގެ ތެރޭގައި އެ ފަރާތުން އެ ކަމާ ގުޅޭގޮތުން ޖަވާބެއް ދޭން ޖެހޭނެ ކަމަށެވެ.

އައްޑޫގައި އެންމެ ފުރަތަމަ ހުޅުވުނު މި ރިސޯޓް:

  • ހުޅުވާފައިވަނީ - 2009 ވަނަ އަހަރު
  • ރިސޯޓުގެ ބޮޑުމިން - 50.6 ހެކްޓަރު
  • އެނދު - 284 އެނދު
  • ކުލީގެ މުއްދަތު ހަމަވާނީ - 26 ފެބުރުއަރީ 2105
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް