ސްޕެނިޝް ކަޕްގައި ރިއަލް މެޑްރިޑް، އެތްލެޓިކޯ އަތުން މޮޅުވީ އިތުރު ވަގގު ދެ ހާފް ކުޅެ ތިން ލަނޑު އެއް ލަނޑުން ބުރާސްފަތި ދުވަހުގެ ރޭއެވެ. ރެއާލް ދަނޑުގައި ކުޅުނު މި މެޗުގައި އެތުލެޓިކޯ އަށް ލީޑުނަގައިދިނީ ކުރިން ރެއާލަށް ކުޅުނު ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.
ރެއާލަށް އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވިންގް، ރޮޑްރީގޯ އެވެ. މި ނަތީޖާއާއެކު އެކެއް އެކަކުން ފުރިހަމަ ވަގުތު ހަމަވުމުން ޖެހުނީ އިތުރު ވަގުތު ކުޅޭށެވެ. އިތުރު ވަގުތުގައި ބެންޒެމާ އަދި ވިނީޝިއުސް ލަނޑުތަކުން ރިއާލް މޮޅުވީއެވެ.
ސްޕެނިޝް ކަޕް ރިއާލް މެޑްރިޑުން އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި މިއީ 2019 ގެ ފަހުން ސްޕެނިޝް ކަޕްގެ ސެމީގައި ރެއާލް ކުޅޭނެ ފުރަތަމަ ފަހަރެވެ.