![](https://cnm.mv/media/images/738493917_2.jpg)
އީސީގެ މެމްބަރު ކަމަށް ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ ހަތަރު ނަމެއް މަޖިލީހަށް ފޮނުއްވާފައިވާއިރު، އެ ނަންތައް ވަނީ މަޖިލީހުގެ ޖަލްސާއަށް އިއްވާފައެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވާފައިވާ ހަތަރު ނަމަކީ:
1. އަހްމަދު އަކްރަމް / ފަރީދީނޫރު ހއ. ހޯރަފުށި
2. އަހްމަދު ފަޔާޒް ހަސަން / މ.ހަޒާރީވިލާ
3. އަލްއުސްތާދާ މަރިޔަމް ހަނީފާ ޚާލިދު / އަނބުގަސްދޮށުގެ ހއ.ކެލާ
4. އަހްމަދު މަންސޫރު / ވ.ރިވެލި
މި ނަންތައް އިތުރައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތެރޭގައި އެ ކޮމިޝަނުގެ މިހާރުގެ ނައިބް ރައީސް އަހްމަދު އަކްރަމްގެ ނަން އެންމެ ކުރީގައި އޮތްއިރު، އޭނާ އަކީ ބައިނަލް އަގްވާމީ ދުނިޔެއިން މިހާތަނަށް ރާއްޖޭގައި އެންމެ ރަނގަޅަށް ކުރިއަށް ގެންދެވުނު އިންތިޚާބު ކަމުގައި ފާހަގަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކަންތައް ރާވާ އިންތިޒާމް ކުރެއްވުމުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވެއެވެ. ގިނަ ގޮންޖެހުންތަކާއެކު ކުރިއަށް ގެންދެވުނު ރިޔާސީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ވެސް އަކްރަމް އިސްކޮށް ހުންނަވާ ކުރެއްވި ގިނަ މަސައްކަތްތަކައް ގިނަ ބައެއްގެ ތައުރީފް އޭނާ އަށް ވަނީ ލިބިގެންގޮސްފައެވެ.
އަކްރަމްގެ މެމްބަރުކަމުގެ މުއްދަތު މި މަހު 22 ވަނަ ދުވަހު ހަމަވާއިރު، މިއީ މެމްބަރު ކަމަށް އޭނާ ކުރިމަތިލެއްވި ދެވަނަ ފަހަރެއެވެ.