މީރާއިން އެ ކަން ހާމަކޮށްފައިވަނީ އެ އޮތޯރިޓީން އާންމުކުރި ކުއާޓަލީ ރިޕޯޓުގައެވެ.
މީރާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ނަން-ރެޒިޑެންޓް ވިތްހޯލްޑިންގް ޓެކުހުންނެވެ.
ނަން-ރެޒިޑެންޓް ވިތްހޯލްޑިންގް ޓެކްސް
މީރާ އިން ބުނެފައިވާ ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ޓެކްސް ދައްކާ ފަރާތްތަކުން ވިތްހޯލްޑިންގް ޓެކްސްގެ ގޮތުގައި ރިޕޯޓުކޮށްފައިވާ މިންވަރު އިތުރުވެފައިވާތީ އެ އޮތޯރިޓީން އަންދާޒާކުރި އާމްދަނީ އާ އަޅާބަލާއިރު، ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމުގައެވެ.
އިންކަމް ޓެކްސް: ކުންފުނިތަކާއި ފަރުދުން-ނޫން ފަރާތްތަކުން
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރުވެފައިވަނީ ކުރީގެ ސުންގަޑިތަކަށް ނުދައްކާ ހުރި ފައިސާ ބަަލައިގަނެފައިވާތީ ކަމަށް މީރާ އިން ބުނެއެވެ. އެ އޮތޯރިޓީން ބުނީ ހަތަރު ވަނަ ކުއާޓަރަކީ އާމްދަނީން ނަގާ ޓެކުހުގެ ބަޔާން ހުށަހަޅާ، ފައިސާ ދައްކަންޖެހޭ ސުންގަޑިއެއް ވާ ކުއާޓަރެއް ނޫން ކަމަށެވެ.
ފަރުދުންގެ އާމްދަނީން ނަގާ ޓެކްސް
ފަރުދުންގެ އާމްދަނީ ޓެކުހުގެ ތެރޭގައި ހިމެނެނީ ޕާސަނަލް އިންކަމް ޓެކުހާއި މުވައްޒަފުންގެ ވިތްހޯލްޑިންގް ޓެކްސްއެވެ.
2022 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ފަރުދުންގެ އާމްދަނީ ޓެކުހުގެ ޖުމްލަ އާމްދަނީގެ،
މުވައްޒަފުންގެ ވިތްހޯލްޑިންގް ޓެކްސް
މީރާ އިން ބުނެފައިވާ ގޮތުގައި 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލައި، އަންދާޒާ ކުރި އަދަދަށްވުރެ އިތުރަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީ އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން މުވައްޒަފުންގެ ވިތްހޯލްޑިންގް ޓެކުހުގެ ގޮތުގައި ދައްކާ މިންވަރު އިތުރުވަމުން އައުމުގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ.
ޕާސަނަލް އިންކަމް ޓެކްސް
މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ފަރުދުންގެ އާމްދަނީ ނަގާ ޓެކުހުގެ ގޮތުގައި މީރާއަށް ބަލައިގަތް އާމްދަނީ އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ ކަމަށާއި އެ ކުއާޓަރުގައި ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑިއެއް އައިސްފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
އާންމު ފަރުދުންގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ޓެކްސް ނަގަނީ އާމްދަނީގެ ގޮތުގައި މަހަކު 60،000 ރުފިޔާއަށް ވުރެ އިތުރަށް އާމްދަނީ ލިބޭ ފަރާތްތަކުންނެވެ.