ads
ކަންގަނާ
މުސްލިމް ބަތަލާއިންނަށް އިންޑިއާ މީހުން ތިބެނީ މޮޔަވެފައި: ކަންގަނާ
އިންޑިއާގައި މުސްލިމު ތަރިން އެކްޓުކޮށްފައިވާ ފިލްމުތަކަށް މާބޮޑަށް ސަޕޯޓުލިބޭ ކަމަށާ، މުސްލިމު އަންހެން ތަރިންނަށް އިންޑިއާ މީހުން ތިބެނީ މޮޔަވެފަކަމަށް ބުނެ ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
Advertisement

މި ކަންބޮޑުވުން ކަންގަނާ ފާޅުކޮށްފައިވަނީ ޝާހުރުކް ހާން ގެ އެންމެ ފަހުގެ ފިލްމު 'ޕަތާން' އަށް އާދަޔާ ހިލާފަށް ބޮޑު ސަޕޯޓެއް ލިބެމުން ގެންދާކަން ފާހަގަކޮށް ވާހަކަ ދައްކަމުންނެވެ.  

"މި ޤައުމުގައި ލޯބި އޮތީ ހުރިހާ ޚާނުންނަށް. އަދި މުސްލިމް ބަތަލާއިންނަށް އިންޑިއާ މީހުން ތިބެނީ މޮޔަވެފަ. އިންޑިއާއަށް ނަފްރަތުގެ ތުހުމަތު ކުރުމަކީ ވަރަށް ނާއިންސާފު ކަމެއް،" ކަންގަނާ ބުނެފައިވެއެވެ.

އިންޑިއާގައި ހާން ފަހަތަށް އަންނަނީ މުސްލިމުންގެއެވެ. އެގޮތުން ޝާހުރުކް ހާން، އާމިރު ހާން، އަދި ސަލްމާން ހާން އަކީ ބޮލީވުޑްގައި މަޝްހޫރު ތިން މުސްލިމް ތަރިންނެވެ.  

ބޮލީވުޑްގެ ބަތަލާ ކަންގަނާ ރަނައުތު އަނެއްކާވެސް ޓްވިޓާއިން ފެންނަން ފަށާފައި މިވަނީ  2000 ވަނަ އަހަރު އޭނާ ގަވާއިދާ ހިލާފުވެގެން އެ ޕްލެޑްފޯމުން ބޭން ކުރުމަށްފަހު އަނެއްކާވެސް އެނާގެ އެކައުންޓު އަލުން ބޭނުންކުރެވޭގޮތް ހެދުމާ ގުޅިގެންވެ. 

ޓުވިޓާއަށް އެނބުރި އައުމަށްފަހު ޝާހްރުކް ހާންގެ ޕަތާން އާއި ބެހޭ ގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި އޭނާ އަންނަނީ ޓްވީޓް ކުރަމުންނެވެ. 

"މުސްލިމުން ވެސް ހިންދޫން ވެސް ޝާހުރުކް ހާން ދެކެ ލޯބިވަނީ އެއްވަރަކަށް،" ހިންދޫ ދީނަށް އަޅުކަން ކުރާ ކަންގަނާ ބުނެފައިވެއެވެ. 

your imageކަންގަނާ ރަނައުތް

ޝާހްރުކް ހާންގެ އެކްޝަން ތްރިލާ ފިލްމު ޕަތާން އަންނަނީ ބޮކްސް އޮފީހުގައި ރެކޯޑްތައް މުގުރަމުންނެވެ. މިހާރު އެ ފިލްމަށް މުޅި ދުނިޔެއިން ވަނީ 400 ކަރޯޑު އިންޑިއަން ރުޕީޒް ހޯދާފައެވެ. 

މުސްލިމުން ކުޅޭ ފިލްމުތަކަށް ތަރުހީބުލިބޭތީ ކަންކަނާ އެވާހަކަ ދައްކާފައިވާއިރު، 2022 ވަނަ އަހަރަކީ ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ފްލޮޕްވި އަހަރެކެވެ. އަދި ގިނަ ފިލްމުތައް ފްލޮޕްވުމުގެ ފަހަތުގައި ވަނީ އިންޑިއާގެ ހަރުކަށި ހިންދޫ ޖަމާއަތަކުން ފަށާވައިވާ "ބޮއިކޮޓް ބޮލީވުޑް" ކެމްޕޭނުކަމަށް ގިނަބަޔަކު ބުނެއެވެ. މި ކެންޕޭނުގައި އިންޑިއާގެ މުސްލިމުން އެކްޓުކުރާ ފިލްމުތަކަށް ހާއްސަކޮށް ފުރައްސާރަކުރާކަން ފާހަގަކުރެެވެއެވެ. 

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް