ads
ހިތަދޫ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރު
ހިތަދޫ މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަނީ
ސ. ހިތަދޫ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލު ކުރަމުންދާ މައްސަލަ ޖޭއެސްސީން ބަލަން ނިންމައިފިއެވެ.

ސ. ހިތަދޫ މެޖިސްޓްރޭޓް ޒިޔާދާ ތޯހިރު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް އަމަލު ކުރަމުންދާ މައްސަލަ ޖޭއެސްސީން ބަލަން ނިންމިކަން އެ ކޮމިޝަނުން ހާމަކުރީ މިއަދުއެވެ.

ޖޭއެސްސީން މިއަދު ބުނީ، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައާއި ކޯޓު ހަވާލުވުމުގެ ކަންކަމުގައި އަދި އެ ކޯޓުން ހިންގަންޖެހޭ ޝަރީއަތުގެ މަޖްލިސްތައް ހިންގުމުގައި ޒިންމާދާރުކަން ކުޑަކޮށް، މެޖިސްޓްރޭޓް އަލްއުސްތާޒާ ޒިޔާދާ ޠާހިރު އަމަލުކޮށްފައިވާކަމަށް ބުނާ މައްސަލަ، ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޒާ ޒިޔާދާ ޠާހިރުގެ ސުލޫކީ މައްސަލައެއް ގޮތުގައި ބެލުމަށް 2023 ޖަނަވަރީ 8 ވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 2 ވަނަ ޖަލްސާއިން ނިންމައި، މި މައްސަލަ ބެލުމަށް ތަހުގީގުކޮމިޓީއެއް ވަނީ އެކުލަވާލެވިފައި ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމި ކަމަށްވެސް ޖޭއެސްސީން މިއަދުވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް