ads
ކޭއެލް ރާހުލް އަދި އާތިޔާ ޝެޓީ
ކައިވެންޏަށްފަހު ހެދުން އަޅާގޮތުން އާތިޔާ ޝެޓީއަށް ފާޑުކިއުން
ދާދިފަހުން ކައިވެނި ކުރި ބޮލީވުޑްގެ ތަރި ސުނިލް ޝެޓީގެ އަންހެން ދަރިފުޅު އާތިޔާ ޝެޓީ ކައިވެންޏަށްފަހު ހެދުން އަޅާގޮތުން އިންޑިއާގެ ބައެއް މީހުން ހިތްހަމަނުޖެހި ފާޑުކިޔަން ފަށައިފިއެވެ.
Advertisement

އޭނާއަށް ފާޑުކިޔަން ފަށާފައިވަނީ ހޯމަ ދުވަހުގެ ރޭ އޭނާގެ ފިރިމީހާ ކޭއެލް ރާހުލް އާއިއެކު ކެއުމަކަށް ގޮސް އަންނަނިކޮށް ނަގާފައިވާ ބައެއް ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވުމުންނެވެ. 

އާތިޔާއަށް ފާޑުކިޔާ މީހުން ބުނަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް އަލަތު ކައިވެންޏަށްފަހު އަޅަންޖެހޭ މަންގަލްސޫތުރާ އަދި ނިތްކުރީގައި އުނގުޅާ ކުލަ އޭނާ ނޫގުޅާކަމަށެވެ. 

"ޔޫރަޕް މީހުން އުޅޭހެން އުޅެން އުޅޭ ކުއްޖެއްމީ. އިންޑިއާ މީހުން އިންޑިއާގެ ސަގާފަތަށް ތަރުހީބު ނުކުރުމަކީ ހިތާމައެއް،" އާތިޔާއަށް ފާޑުކީ މީހަކު ބުންޏެވެ. 

ކެއުމަށް ދިޔައިރު އާތިލާ ލައިގެން ހުރީ އަތްދިގު ދޫ ހެދުމަކާ ޑެނިމް ޖީންސެކެވެ.  

ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ ޝެޓީ އާއި ކޭއެލް ރާހުލްގެ ކައިވެނީގެ ހަފްލާއޮތީ މީގެ ހަފްތާއެއް ކުރިން ސުނިއެލް ޝެޓީގެ ފާމް ހައުސް ހަންޑަލާގައެވެ. ކައިވެނީގެ ހަފްލާއަށް މެހެމާނުންގެ ގޮތުގައި ދައުވަތު ދިނީ މަދު ބަޔަކަށެވެ. ކައިވެނީގެ ހަފްލާގައިވެސް އާތިޔާ ލާފައި ހުރީ އިންޑިއާގެ ސަގާފީ ހެދުމެއް ނޫނެވެ. 

38%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް