ads
ހދ. އިސް މެޖިސްޓްރޭޓް އަލީ އާދަމް
އަނެއްކާވެސް އަލީ އާދަމްގެ ސުލޫކީ މައްސަލައެއް
ހދ. އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމްގެ ސީރިއަސް ސުލޫކީ މައްސަލައެއް އަނެއްކާވެސް ޖޭއެސްސީން ބަލަން ފަށައިފިއެވެ.

މީގެ ކުރިންވެސް ސުލޫކީ އެތައް މައްސަލައެއް ސާބިތުގެ ފިޔަވަޅުވެސް އަޅާފައިވާ އަލީ އާދަމްގެ މި ފަހަރު ބަލަން ފެށި މައްސަލައަކީ، ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ރައްކާތެރިކަމުގެ އަމުރު ނެރެދިނުމާގުޅޭ މައްސަލައެއްގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާ ޚިލާފަށް، އަލީ އާދަމް އަމަލުކޮށްފައިވާ ތުހުމަތުކުރާ މައްސަލައެކެވެ. 

މީގެ ކުރިން އަލީ އާދަމާ ގުޅޭ ގޮތުން، ތަފްރީޤުކޮށްފައިވާ ކައިވެންޏެއް ރުޖޫއަކޮށްދިން ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރު ފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ފަދަ ޚިޔާލުތައް ފާޅުކުރި މައްސަލައެއް ޖޭއެސްސީން ބަލާފައިވެއެވެ. 

އަލީ އާދަމްގެ މައްޗަށް ވަނީ އިންޑިއާގެ ބީޖޭޕީގެ ސަރުކާރަށް ފާޑުކިޔައި ފޭސްބުކްގައި ސިޔާސީ ވާހަކަ ދެއްކުމާއި، އަދި މީގެ އިތުރުން އަމިއްލައަށ ޖަމިއްޔާއެއް އުފައްދަވައި ހިންގަވާ ކަމުގެ ތުހުމަތުތަކެއް ކުރިން ކުރެވިފައެވެ. މި މައްސަލަތައް ބަލައި ޖޭއެސްސީން ކުރިން އަލީ އާދަމް ސަސްޕެންޑްވެސްކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް