ads
ނ. އަތޮޅު ކައުންސިލް ރައީސް
ނ. އަތޮޅު ކައުންސިލުން ޑިމާންޑްކުރި އަމުރެއް ނުނެރުނު
ނ. އަތޮޅު ކެނދިވަރު އަދި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުން ހުއްޓުވުމަށް ރައީސް އޮފީހާ ދެކޮޅަށް މ. އަތޮޅު ކައުންސިލުން ކުރި ދައުވާގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފިއެވެ.
Advertisement

ނ. ކެނދިވަރު އާއި އެ އަތޮޅު ދޮނައެރިކަނޑޫދޫ ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުން މަޑުޖައްސާލައި އެކަމާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވަކި ގޮތަކަށް ނިމުމުގެ ކުރިން އެ ދެ ރަށް އެއްވެސް ފަރާތަކާ ހަވާލު ނުކުރުމަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ނ. އަތޮޅު ކައުންސިލުން އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ އާދިއްތަ ދުވަހުއެވެ.

ނ. އަތޮޅު ކައުންސިލުން ރައީސް އޮފީހުގެ މައްޗަށް ކޮށްފައިވާ މި ދައުވާގައި، އަމުރަކަށް އެދިފައިވަނީ އެ ދެ ރަށް ޓޫރިޒަމްގެ ބޭނުމަށް ދިގު މުއްދަތަކަށް ކުއްޔަށް ދޭން ނިންމުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމުގެ ގާނޫނާ ހިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވި ނިންމެވުމަށް ކަމަށް ދެކޭތީ އަދި އެއީ އެ ގާނޫނުގެ މަގްސަދު ހާސިލް ނުވާ ފަދަ ނިންމެވުމަށް ކަމަށް ދެކޭ ކަމަށް ބުނެއެވެ.

ނ. އަތޮޅު ކައުންސިލުގެ ދައުވާގައި ވަގުތީ އަމުރަށް އެދި ބުނެފައިވަނީ މިހާރު ވެސް ޓޫރިޒަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ސިންގަލް ޕާސަނަލް އުސޫލުން ވަކި ފަރާތްތަކަކަށް އެކަނި ބޭނުންކުރެވޭ ގޮތަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށާއި އެހެން ދޫކޮށްފައި ހުރި ތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް އަދި މަންފާއެއް ވެސް ނުވާ ކަމަށެވެ.

ނ. އަތޮޅު ކައުންސިލްގެ މި ދައުވާގެ ޖަވާބުގައި ދައުލަތުން ޖަވާބު ދެމުން ބުނެފައިވަނީ ކެނދިވަރު އަކީ ޑިސެމްބަރު 22، 2022 ގައި ދަމަކް އޯޝަން ހައިޓްސް ކޮމްޕެނީ އާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. އެހެންވެ، އެއީ މިހާރު ތިން ވަނަ ފަރާތެއްގެ ހައްގު ހިމެނޭ ތަނަކަށް ވާތީ، އެ ފަރާތުގެ ހައްގަށް ރިއާޔަތް ނުކޮށް ނެރޭ އަމުރަކުން އެ ކުންފުންޏާއި ދައުލަތަށް ބޮޑު ގެއްލުމެއް ވެދާނެ ކަމަށެވެ.

މި މައްސަލައިގައި ގާޒީ އިބްރާހިމް އިސްމާއިލް ނިންމެވީ، ހުށަހަޅާފައިވާ ކަންކަމާއި ކޯޓުތަކުގެ ކުރީގެ ނިންމުންތަކަށް ރިއާޔަތްކޮށް، ކައުންސިލް އެދިފައިވާ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް