ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިމަމް ވޭޖާއި މެދު މިމަހު 11 ގެ ކުރިން މަޖިލީހުން ގޮތެއް ނިންމަނީ
މިނިމަމް ވޭޖާއި ގުޅޭ މައްސަލައިގައި މިމަހުގެ 11 ގެ ކުރިން ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖުގެ މައްސަލައިގައި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ގޮތެއް ނިންމާނެ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހު 11 ގެ ކުރިން މިނިމަމް ވޭޖުގެ މައްސަލައިގައި ގޮތެއް ނިންމުމަށް އިގްތިސާދީ ކޮމިޓީން ފާސްކޮށްފައިވަނީ، އެ ކޮމިޓީގެ ބައްދަލުވުމުގައި ނެގި ވޯޓު އެއްވަރުވުމުން ކޮމިޓީގެ މުގައްރިރު ވޯޓު ދެއްވައިގެންނެވެ. 

މިމަހު 11 ގެ ކުރިން މިނިމަމް ވޭޖުގެ މައްސަލައިގައި މަޖިލީހުން ގޮތެއް ނިންމުމަށް ފާސްކޮށްފައިވާއިރު، މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ރިޕޯޓާއި އެކު މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. ފެބްރުއަރީ 18 ވަނަ ދުވަހު މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް އެ ރިޕޯޓް ފޮނުވާފައިވާކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެ ރިޕޯޓް މިވަގުތު އޮތީ އިގްތިސާދު ކޮމިޓީގައި ކަމަށެވެ. 

އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ރިޕޯޓަށް އިގްތިސާދު ކޮމިޓީގައި ބަހުސް ކުރެވޭކަމަށާއި، އަދި ކޮމިޓީން ކަމާއި ގުޅޭ އެންމެހާ ފަރާތްތަކަށް މަޝްވަރާ ކުރާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

އަދި ކަމާއި ގުޅޭ ހުރިހާ ފަރާތަކާއި މަޝްވަރާ ކުރުމަށްފަހު މަޖިލީހުގެ މަސައްކަތުގެ ތެރެއިން އެކަން ކުރެވޭނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް