ads
ޑރ. މުއިއްޒު ހައްޔަރު ކުރަނީ
މުއިއްޒު ދޮގު ބަޔާން ދިން މައްސަލަ މާދަމާ އަނެއްކާ ބާއްވަނީ
މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދޮގު ބަޔާން ދިނުމުގެ މައްސަލައިގެ އަޑު އެހުމެއް ބުރާސްފަތި ދުވަހަށް އަނެއްކާވެސް ތާވަލުކޮށްފިއެވެ.
Advertisement

މީގެ ދެ ހަފްތާއެއްހާ ދުވަސްކުރިންވެސް މި މައްސަލައިގެ އަޑު އެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުމަށް ތާވާލު ކުރިއެވެ. އެހެންނަމަވެސް ޑރ. މުއިއްޒުގެ އެދުމަށް އެދުވަހުގެ އަޑު އެހުން ކެންސަލް ކުރީއެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދޮގު ބަޔާން ދިނުމުގެ މައްސަލައިގެ އަޑު އަޑު އެހުމަކަށް ތާވަލުކޮށްފައިވާއިރު، މި މައްސަލަ އޮންނާނީ ބުރާސްފަތި ދުވަހު ހެނދުނު އޮންލައިންކޮށެވެ.

ދޮގު ބަޔާންދިނުމުގެ ދައުވާ ކުރަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، ނޫމަޑި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ނެދަލޭންޑްސްގެ އާބިޓްރޭޝަންގައި އެ ކުންފުންޏާ އެއްކޮޅަށް ބަޔާނެއް ދެއްވި ކަމަށް ބުނެ އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާއާ ގުޅިގެން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ހުށަހެޅުންތައް ބަލައިނުގަތް މައްސަލަ އޭނާގެ ފަރާތުން މިދިޔަ އަހަރު ހައިކޯޓަށްވެސް ހުށަހެޅިއެވެ. އެހެންނަމަވެސް ހައިކޯޓުން އެ މައްސަލައިގައި ނިންމާފައިވަނީ މުއިއްޒުއާ ދެކޮޅަށެވެ.

މާލޭ މޭޔަރު ޑރ. މުއިއްޒު، ދޮގު ބަޔާނެއް ދިންކަމުގެ ދައުވާ ކޯޓުގައި މާދަމާ ބޭއްވުމަށް ތާވަލުކޮށްފައިވާއިރު، މާލޭ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް، ޝަރީއަތުގައި ދޮގު ހެކި ދިން މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް