ads
ހއ އިހަވަންދޫ
އިހަވަންދޫ ކައުންސިލުން މަގާމުތަކަށް މީހުން ނެގުމުގައި ނުފޫޒު ފޯރުވާ
ހއ އިހަވަންދޫ ކައުންސިލުގެ މަގާމުތަކަށް މީހުން ނެގުމުގެ މަސައްކަތް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ ކައުންސިލުން އެ ކޮމިޝަނުގެ އެންގުންތަކަށް އަމަލުނުކުރާތީ ކަމުގައި އެ ކޮމިޝަނުގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.

ސީއެސްސީގެ ނާއިބު ރައީސް އިބްރާހީމް ރަޝީދު މިގޮތަށް ވިދާޅުވީ ސީއެންއެމް އިން މިކަމާއި ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި، އިހަވަންދޫ ކައުންސިލުގެ މަގާމުތަކަށް މީހުން ނެގުމުގައި ސިވިލް ސާވިސްގެ ޤާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކައުންސިލުން ނުފޫޒު ފޯރުވައިގެން ވަޒީފާތަކަށް މީހުން ނަގަމުން އަންނަ ކަމަށެވެ.
އަދި ސީއެސްސީން އަންގާ އެންގުންތަކަށް ކައުންސިލުން އަމަލުނުކޮށް އެ ކައުންސިލުން ބޭނުންގޮތަކަށް ވަޒީފާގެ ކަންތައްތަކުގައި އަމަލުކުރަމުން ގެންދާ ކަމަށެވެ. 

އެހެންކަމުން އިހަވަންދޫ ކައުންސިލްގެ މަގާމުތަކަށް މީހުން ނެގުމުގެ މަސައްކަތް، އެ ކައުންސިލްގެ އަތުން ނަގައި އެ މަގާމުތަކަށް މީހުން ނެގުމުގެ މަސައްކަތް އެ ކޮމިޝަންގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދިޔުމަށް ނިންމީ ކަމަށެވެ. އަދި މި ނިންމުމަކީ ވަގުތީގޮތުން ނިންމި ނިންމުމެއް ކަމުގައިވެސް ސީއެސްސީގެ ނާއިބު ރައީސް ވިދާޅުވިއެވެ.

ނަމަވެސް، އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުގައި ސީއެސްސީގެ ނިންމުމަކީ އަދުގެ ސަރުކާރުގެ ނުފޫޒުން ކުރި ކަމެއްގައި ބެލެވޭ ކަމަށެވެ. އެއީ އިހަވަންދޫ ކައުންސިލަކީ ޕީޕީއެމް މެޖޯރިޓީ އޮތް ކައުންސިލަކަށް ވުމާއެކު، ތަފާތު ގޮތްގޮތުން އެކައުންސިލަށް ސަރުކާރުގެ ފަރާތުން ފިއްތުންތަކާ ކުރިމަތިވާ ކަމަށެވެ. 

އިހަވަންދޫ ކައުންސިލްގެ މަގާމުތަކަށް މީހުން ނެގުމުގެ ބާރު ސީއެސްސީން އަތުލާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް ހާމަކުރެއްވި ގޮތުގައި، މިގޮތަށް އެކޮމިޝަނުން އެންގިއިރު ކައުންސިލްގެ އަސާސީ ހިދުމަތްތަކަށް ކޮންޓްރެކްޓުކޮށް ނަގާ މުވައްޒަފުންގެ ނެގުމުގެ މަސައްކަތްތައް ކުރިޔަށްދިޔަ ކަމަށެވެ. އަދި ދާއިމީ ހަތަރު މަގާމަކަށް މީހުން ނެގުމަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް