ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، އޭނާގެ އާއިލާއާ ގާތް މީހަކު ބުނެފި އެވެ.

Advertisement
ބެންކޮކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، އޭނާގެ އާއިލާއާ ގާތް މީހަކު ބުނެފި އެވެ.
އެކްސިޑެންޓުވެ ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސ. ހުޅުދޫ ވައިޖެހޭގެެ، އުމުރުން 44 އަހަރުގެ އަހުމަދު ސައީދަށެވެ. ބެންކޮކުގެ ރަމަތިބޮޑި ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން އަންނައިރު ބޮލުގެ އޮޕަރޭޝަނެއް އަދި ކަނދުރާގެ އޮޕަރޭޝަނަށް ފަހު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭނާގެ އާއިލާއާ ގާތް މީހަކު ވަނީ ބުނެފައެވެ.
އެމީހާ ބުނީ މިހާރު ސައީދު ހޭ ވެސް އަރައިފި ކަމަށެވެ. އަދި ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި އެކްސިޑެންޓުވި ހާލަތާ ބަލާފައި ވަރަށް ބޮޑަށް ރަނގަޅު ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
އެ އެކްސިޑެންޓު ހިނގާފައި މިދިޔަ ހަފްތާ ތެރޭގައެވެ. އެ ކާރު އެކްސިޑެންޓުވީ، ތައިލެންޑުގެ ސުވަރްނަބޫމީ އެއާޕޯޓުން، އެމީހުން ތިބޭ ހޮޓަލަށް ދަތުރުކުރަމުން ދަނިކޮށް ކާރު ފުރޮޅާލައިގެންނެވެ. ބެންކޮކް ފުލުހުން ވަނީ ކާރު ދުއްވަން އިން ޑްރައިވަރު މިހާރު ހައްޔަރު ކޮށްފައެވެ.
ހާދިސާ ގައި އަނިޔާވި ތިން މީހުންނަކީ، ސ. ހުޅުދޫއަށް ނިސްބަތްވާ އަހުމަދު ސައީދާއި، މުހައްމަދު ސަބާހުގެ އިތުރުން އަހުމަދު ރަޝީދެވެ.