ads
ސިދާތް އަދި ކިއާރާ
ކައިވެނިކުރަން އުޅެނިކޮށް، ކިއާރާގެ އެންމެ ހިތްހަމަ ނުޖެހޭ ސިފަ ސިދާތް ހާމަކޮށްފި
ކިއާރާ އަދުވާނީގެ އެންމެ ހިތްހަމަ ނުޖެހޭ ސިފައަކީ ކޮބައިކަން އޭނާގެ ވާން އުޅޭ ފިރިމީހާ ސިދާތް މަލްހޯތްރާ ހާމަކޮށްފިއެވެ.
Advertisement

ސިދާތުއާއި އިންޑިއާގެ ނޫސްވެރިއެއް ކުރި އިންޓަވިއުއެއްގައި އޭނާގާތުގައި ވަނީ ކިއާރާގެ އެންމެ ހިތްހަމަނުޖެހޭ ސިފައަކީ ކޮބައިތޯ ސުވާލުކޮށްފައެވެ. 

"އެންމެ ހިތްހަމަ ނުޖޭ ސިފައަކީ ކިއާރާ ކުޅޭ ހުރިހާ ފިލްމުތަކައި އެ ފެންނަގޮތް. އެއީ އަބަދުވެސް ފިލްމުތަކުން ފެންނަނީ ކިއާރާ ރޯތަން،" ސިދާތް އޭނާގެ ވާންއުޅޭ އަނބިމީހާގެ އެންމެ ހިތްހަމަނުޖެހޭ ސިފައާ ގުޅޭގޮތުން ހުކުރު ދުވަހު ބުންޏެވެ. 

ސިދާތުގެ މިޖަވާބަށް އެ ދެ ލޯބިވެރިންގެ އެތައް ހާސް ފޭނުންނެއް ގެންދަނީ ތައުރީފްކުރަމުންނެވެ. 

ބޮލީވުޑްގެ މަޝްހޫރު މި ދެތަރިން ކައިވެނި ކުރަން ނިންމާފައިވަނީ މިމަހު 5 ވަނަ ދުވަހުއެވެ. އަދި އެމީހުންގެ ކައިވެނީގެ ހަފްލާ ކުރިއަށް ގެންދާނީ ހަތަރު ދުވަހަށް ބަހާލައިގެންނެވެ. މިގޮތުން ކައުވެނީގެ މެހެމާނުންނަށް ދައުވަތުދިނުމަށް، ޖައިސަލްމަރުގެ "ރޯޔަލް ޕެލެސް ސޫރިއާގަތް" ވަނީ ބުކްކޮށްފައެވެ. ކައިވެނީގެ ޕާޓީ އޮންނާނީ 7 ވަނަ ދުވުއެވެ. 

ދެމީހުން ކައިވެނީގެ ހެދުންވެސް ހޯދާފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. 

ދެމީހުންގެ ކައިވެނީގެ ހަފްލާއަށް ކިޔާނީ ގާތް ރަހުމަތްތެރިންނާއި އާއިލާގެ އިތުރުން ފިލްމި އިންޑަސްޓްރީގެ ބައެއް މީހުންނަށެވެ. އެގޮތުން މި ދެ މީހުންގެ ކައިވެންޏަށް ދައުވާދީފައިވާ މީހުންގެ ތެރޭގޭގައި، ކަރަން ޖޯހަރު، ޝާހިދު ކަޕޫރު، މިރާ ކަޕޫރު، މަނީޝް މަލޯތްރާ ފާހަގަކޮށްލެވެއެވެ. 

41%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
28%
ވަރަށް ސަލާމް
ކޮމެންޓްސް