ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނެރުނު ބަޔާނުގައި ވާގޮތުން، ޑަބްލިއުއެޗްއޯގެ 2020 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުގައި ރާއްޖޭގައި މަރުވާ މީހުންގެ 17 އިންސައްތަ އަކީ ކެންސަރު ބަލި މީހުންކަމަށް ފާހަގަކޮށްފައި ވެއެވެ. އަދި ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ ސަބަބުތަކުގެ ތެރޭގައި ކެންސަރު ހިމެނެ އެވެ.
ރާއްޖޭގައި ފިރިހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި:
ރާއްޖޭގައި އަންހެނުންނަށް އާންމުކޮށް ޖެހޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި:
ކެންސަރު ބައްޔަކީ ހަށިގަނޑުގެ ތެރޭގައި ސެލްތައް އުފެދޭ އުފެދުން ކޮންޓްރޯލުން ނެއްޓި، އާދަޔާ ހިލާފަށް ގިނައިން ސެލް އުފެދުމުން ޖެހޭ ބަލިބަލީގެ ތެރެއިން ހިމެނޭ ބައްޔެކެވެ. ކެންސަރު ހަށިގަނޑުގެ ކޮންމެ ތަނެއްގައި ވެސް އުފެދިދާނެ އެވެ. އަދި އަވަސް ފަރުވާއެއް ނުހޯދިއްޖެނަމަ ކެންސަރު އުފެދިފައިވާ ސަަރަހައްދުގެ ޓިޝޫތަކާއި ސެލްތައް ކޮންޓްރޯލެއް ނެތި ބޮޑުވެ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދެ އެވެ.
އެޗްޕީއޭއިން ބުނިގޮޮތުގައި ކެންސަރު ބަލި ޖެހުމަށް މަގުފަހިވާ ސަބަބުތައް ގުޅިފައި ވަނީ ދިރިއުޅުމުގެ އާދަކާދަ އާއި ވައްޓަފާޅި އާއެވެ. އޭގެތެރޭގައި:
މި އަހަރު ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ" މިއެވެ.