ads
ިފުރުސަތުގެ ޕޯސްޓަރެއް؛
އެޕަލްގެ ބޮލީވުޑް ފިލްމު ހިލޭ ބަލައިލުމުގެ ފުރުސަތު އެންމެނަށް
ބޮލީވުޑްގެ ފިލްމެއް އެއްކޮށް އައިފޯނަކުން ޝޫޓުކޮށް ޔޫޓިއުބް އަށް އެ ފިލްމު ނެރެފިއެވެ.

އައިފޯނުން ޝޫޓުކޮށް ރިލީޒްކުރި ފިލްމަށް ކިޔަނީ "ފުރުސަތު" އެވެ.

އެޕަލް އިން ދާދި ފަހުން ނެރުނު ބޮލީވުޑް ފިލްމުގެ ދިގުމިނަކީ 30 މިނެޓެވެ. ފިލްމުމުޅިން ވެސް ޝޫޓްކޮށްފައި ވަނީ އައިފޯން 14 ޕްރޯ ބޭނުންކޮށްގެންނެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ "މަކްދީ"، "އޮމްކަރާ"، އަދި "ހައިދަރު" ފަދަ ފިލްމުތައް ޑައިރެކްޓް ކުރުމަށް މަޝްހޫރު ވިޝާލް ބަދުވާޖް އެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ނިޝާންތު ރާޖްގެ ރޯލުން އިޝާން ހައްތާރު އަދި ދިޔާ ސްރިވަސްތާވްގެ ރޯލުން ވާމިގާ ގަބީ އެވެ.

ފިލްމުގެ ޑައިރެކްޓަރު ބުނީ އައިފޯން 14 ޕްރޯގައި ކެމެރާގެ ގިނަ ފީޗާސްތަކެއް ހުރުމުން އެ ފޯނަކީ ވީޑިއޯގްރަފީއަށް ވެސް ރަނގަޅު ޑިވައިސްއެކެވެ. އެއީ އެކްޝަން މޯޑް އެއް ކަމަށާއި އެއީ ކެމެރާ ތެޅިގަތުމާއި ވައިބަރޭޝަން ފަދަ ހަރަކާތްތަކަށް އެޖެސްޓްކޮށްގެން އޮމާން ވީޑިއޯ ނަގާ މޯޑެކެވެ. އޭގެ ކެމެރާގައި ހުންނަ ސިނަމެޓިކް މޯޑުން ފޯކަސް ކުރަން ބޭނުންވާ ސަބްޖެކްޓްތައް ދެނެގަނެ، ޑެޕްތް އޮފް ފީލްޑް އިފެކްޓްސް އިތުރުކޮށް، ޝޮޓް ޕްރޮފެޝަނަލްކޮށް ހައި ބަޖެޓް ފިލްމަކަށް ފިލްމުކޮށްފައިވާހެން ހީވެ އެވެ.

މި ފިލްމު ބަލާލުމުގެ ފުރުސަތު އެންމެންނަށްވެސް ފަހިކޮށްދިނުމުގެ ގޮތުން އެޕަލްއިން ވަނީ ފިލްމު ޔޫޓިއުބްއަށްލާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް