ads
ޯއަލީ ނިޒާރު ޖަލްސާއެއްްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އައްޑޫލައިވް
މޭޔަރު ނިޒާރުގެ 1.2 މިލިއަން ރުފިޔާގެ ލޯން ދައްކައިފި
އައްޑޫ ސިޓ މޭޔަރު އަލީ ނިޒާރު ނަންގަވާފައިވާ ލޯނެއް ނުދައްކައިގެން، ބޭންކުން ކުރި ދައުވާ- އެ ލޯން ނިޒާރު ދެއްކެވުމުން ބާތިލުކޮށްފިއެވެ.

ސިވިލް ކޯޓުގައި ބޭންކް އޮފް މޯލްޑިވްސް ނިޒާރާ ދެކޮޅަށް ކުރި ދައުވާ އެ ކޯޓުން ބާތިލު ކުރީ މިދިޔަ ހަފްތާގައެވެ. މި މައްސަލައިގައި ނިޒާރު ނަންގަވާފައިވާ ލޯން، ދައްކާ ނިންމާފައިވާ ކަމަށް ބޭންކުން މި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އަންގާފައިވާތީ، މައްސަލަ ބެއްލެވި ގާޒީ ހާފިޒާ ނިންމަވާފައިވަނީ ދައުވާ ބާތިލުކުރާށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޭންކުން ނިޒާރަށް ދައުވާކުރީ ރަހުނު ބަހައްޓައިގެން ނެންގެވި 1،248،000 ރުފީޔާގެ ލޯނު އެއްބަސްވުމާ އެއްގޮތަށް ނުދައްކައިގެންނެވެ. އަދި ދައުވާކުރީ ލޯނަށް ދައްކަން ޖެހި ނުދެއްކި ބާކީ ހުރި އަދަދާއި ސާވިސް ޗާޖާއި، އިންޓްރެސްޓާއި، ޖޫރިމަނާ ފައިސާ އެކީ އެއް ފަހަރަކާ ނަގައި ދިނުމަށް އެދި އެވެ.

މިއީ ނިޒާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނެވި އިރު ނަގާފައިވާ ލޯނެއްކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 

ލޯނު ނެންގެވީ ލޯނާ ގުޅިގެން ހިތަދޫގައި އޮތް ނިޒާރުގެ ހިޔާލާ ކިޔާ ބަންޑާރަ ގޯއްޗާއި އެ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ހިތަދޫގައި ކުރިން އޭނަ ހިންގެވި ކްރެސް ގާޑަން ރެސްޓޯރެންޓްގައިވާ އެންމެހާ މުދާ ބީއެމްއެލްއަށް ރަހުނުކޮށްފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް