ads
ރަސްމާދޫ ސްކޫލް——ފޮޓޯ: ރަސްމާދޫ ސްކޫލު
ޗުއްޓީއަށް ފަހު ސްކޫލަށް ނުނިކުންނާތީ ރަސްމާދޫ ޕްރިންސިޕަލް ވަކިކުރަނީ
ޗުއްޓީ އަށްފަހު، ހަތަރު މަސްވީއިރުވެސް ވަޒީފާއަށް އަބުރާ ނުނިކުންނާތީ ރ. ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް ވަކިކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދު ޗުއްޓީއަށް ދިޔަ ގޮތަށް އަބުރާ ސްކޫލަށް ހާޒިރުނުވާތީ އާއި، މަގާމުގެ މަސްއޫލިއްޔަތު އަދާކުރަމުން ނުދާތީ، ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. 

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ނެވެ. އަދި މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވެންދެން ސްކޫލުގެ ހިންގުން ވަގުތީ ގޮތުން އެހެން ފަރާތަކާއި ހަވާލުކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.  

މިކަމާއި ގުޅިގެން އެ ސްކޫލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ޗުއްޓީއަށް ދިޔަ ފަހުން ހަތަރު މަސްވަނީ ވެފަ އެވެ. ސްކޫލަށް ހާޒިރު ނުވެގެން ގުޅުމުން "އެބްޒެންޓު" ޖެހުމަށް ބުނިނަމަވެސް އަމިއްލައަށް މަގާމުން ވަކިވާން ސިޓީ ލާފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ. 

ސްކޫލުގެ މަަސައްކަތްތަކާއި ދުރުގައި ހުރިނަމަވެސް އޭނާ ސިޔާސީ މަސައްކަތްތަކުން މިފަހުން ފެންނަމުންދާ ކަމަށްވެސް ބައެއް މީޑިއާަތަކުން ރިޕޯޓުކޮށްފައި ވެއެވެ. އެކަމަކު އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާތަނަށް އެފަދަ ޝަކުވާ އެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

ރަސްމާދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޒިޔާދު އައްޔަންކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެެވެ.   

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް