އޭނާ ގެއްލިގެން ހޯދަމުންދިޔައީ މިއަދު ހެނދުނު ދާ އަަޅަން ދިޔަފަހުން ހަބަރެެއް ނުވެގެން ނެވެ.
ފުލުހުން ދެންމެ ”ސީއެންއެމް“ ބުނިގޮތުން އޭނާ ހޯދަމުންދަނިކޮށް އެރަށު މޫދު ކައިރީގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މިއަދު މެންދުރު 13:30 ހާއިރު ކަމަށް ފުލުހުން ބުންޏެވެ. އެކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އެރަށުން ނެވެ.
ފުލުހުން މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ނެވެ.
ނަޑެއްލާއިން ގެއްލުނު އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނުނުއިރު، އއ. މަތިވެރީން ވެސް 73 އަހަރުގެ މީހަކު ގެއްލިގެން ދަނީ ހޯދަމުން ނެވެ. އޭނާ ގެއްލިގެން ހޯދާތާ މިއަދަށް ފަސް ދުވަސްވީއިރު އަދި ފެނިފައެއްް ނުވެ އެވެ.