ads
ފެނަކަ މޭމެންދޫ އިންޖީނުގެ ފޮޓޯ:-- ފެނަކަ
ދެ އަހަރު ތެރޭ 39 ރަށެއްގެ އިންޖީނުގެ ދުވާލު ނިއްވާލެވޭނެ: ރައީސް
ކުރިއަށް އޮތް ދެ އަހަރު ތެރޭ ރާއްޖެގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ އެންމެ ބޭނުން ޖެހިފައިވާ 76 ރަށެއްގެ އިންޖީނުގެ މުޅިން އަލަށް ޒަމާނީ ފެންވަރަށް މި ސަރުކާރުން އިމާރާތްކޮށް ފުރިހަމަ ކުރެވިއްޖެ ކަމަށެވެ. އަދި 144 ރަށެއްގެ އިންޖީނުގޭގައި 313 ޖެނެރޭޓަރ ސެޓް އަލަށް ބެހެއްޓިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ކުރިއަށް އޮތް 50 އަހަރަށް އެކަށޭނަ ބޮޑު ބަދަލެއްކަމަށާއި ނަމަވެސް ހަކަތައަށް ގެނެވޭ އެންމެ ބޮޑު ދާއިމީ ޙައްލަކީ އިޢާދަ ކުރުވަނިވި ހަކަތަ ކަމަށެވެ.

އެހެންކަމުން އެކަމަށްޓަކާ ހިންގޭ މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގާ ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ނިމުމުން މުޅިރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަކުރެވޭނެކަމަށާއި ތެލުގެ ރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވެ އެފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ކަރަންޓާއި ބަނދަރާއި މަގާއި ފެނާއި ނަރުދަމާ އަދި އާރުޓީއެލް އަކީ މުޅިރާއްޖޭގެ އިގްތިސޯދު އެތައް ގުނައަކުން ބިނާކުރެވޭ ބިންގާކަމަށް ރައީސް މިއަދު ވިދަޅުވިއެވެ.

ރައީސް ވިދާޅުވީ ބަނދަރާއި ފެނާ ނަރުދަމާ ގާއިމް ކުރުމުގެ ކުރިން ބ ފުޅަދޫގައި 2000 އަކަފޫޓުގެ ބިމެއްގެ ކުއްޔަކީ  7000 ރުފިޔާ ކަމަށެވެ. ނަމަވެސް ބަނދަރު ނިމި، ފެނާ ނަރުދަމާގެ މަސައްކަތް ހިނގަން ފެށުމާއެކު އެބިމުގެ އަގަކީ 15000 ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މިހާރު އެކި ރަށްރަށުގާ ކުރިއަށް މިގެންދާ ތަފާތު އެކި ތަރައްގީގެ މަޝްރޫއުތައް ނިމެމުން ދިޔަވަރަކަށް އެރަށްތަކުގެ ބިމުގެ އަގުއަރާނެކަމަށައި އެރަށެއްގައި އިގްތިސާދީ ހަރަކާތްތައް ހިނގަން ފަށައި އޭގެ މަންފާ ރައްޔިތުންނަށް ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް