ads
ކަންގަނާ ރަނައުތު
ކަންގަނާއަށް ޖާސޫސު ކުރާކަމުގެ ތުހުމަތު
ބޮލީވުޑްގެ ތަރި ކަންގަނާ ރަނައުތްއަށް ބަޔަކު ޖާސޫސްކުރި ކަމަށް އޭނާ ތުހުމަތުކޮށްފިއެވެ.

ކަންގަނާ އޭނާގެ އިންސްޓަގްރާމްގައި ތުހުމަތުކޮށްފައިވާގޮތުން އޭނާއަށް ޖާސޫސުކޮށް ފާރަލަމުން ގެންދަނީ ބޮލީވުޑްގެ ދެ ތަރިންނެވެ. އަދި އޭނާއަށް ޖާސޫސު ކުރާ ދެ ތަރިންނަކީ ކައިވެނިކޮށްގެން ނުވަތަ ރައްޓެހިވެގެން އުޅޭ ދެމީހުންކަމަށް އޭނާ ބުނެއެވެ. 

ކަންގަނާ ބުނެގައިވަނީ އޭނާއަށް ޖާސޫސުކުރާކަން ސޯޝަލް މީޑިއާގައި އެނާ ހާމަކުރުމާއެކު ދެ ތަރިން އޭނާއަށް ޖާސޫސުކުރުން ހުއްޓާލާފައިވާކަަށެވެ. 

"އަހެރެން މީ މޮޔައެއް ކަމަށް ހީކޮށް ޖާސޫސްކުރީ. އަހަރެން ވެސް ރުޅިއައިސްފިއްޔާ މޮޔަވާނެ. އަދި ތިމީހުންގެ ގެއަށް ވެސް ވަންނާނަން،" ކަންކަނާ އޭނާއާށް ޖާސޫސުކުރާ މީހުންނަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ. 

އޭނާއަށް ޖާސޫސުކުރަނީ ކޮންބައެއްކަން އޭނާ ހާމައެއް ނުކުރެެެއެވެ. ނަމަވެސް އޭނައަށް ޖާސޫސުކުރުމުގެ ގޮތުން ފޯނުން ވީޑިއޯނަގައި، އޭނާފަހަތުން ފާރަަށް ހިނގާ ހަދާކަމަށް އޭނާ ތުހުމަތުކުރެއެވެ. 

ކަންގަނާއަށް އެމީހުން ޖާސޫސްކުރަނީ ކީއްވެކަމެއްވެސް ކަންގަނާއެއް ނުބުނެއެވެ. 

ކަންގަނާ އެންމެ ފަހުން ފެނިގެން ދިޔައީ ބޮކްސް އޮފީހުގައި ފެއިލްވި ފިލްމު "ދާކަޑް" އިންނެވެ. އެ ފިލްމުގައި އަރްޖުން ރަމްޕަލް އާއި ދިވްޔާ ދައްތާ ވެސް އުޅެއެވެ. 

ކަންގަނާ މިހާރު ތައްޔާރުވަމުން ގެންދަނީ  ސިޔާސީ ޑްރާމާ "އިމަޖެންސީ" އަށެބެ. އެ ޑްރާމާގައި ކަންގަނާ ކުޅެނީ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް