ads
އަބްދުﷲ ލުތުފީ ރާއްޖެ ގެނައި ރޭ ވީއައިއޭ އެއާޕޯޓްގައި -- ފޮޓޯ: ވީނިއުސް
ބަންދު ކުރާ މަރުކަޒަކުން ފިލުމުގެ ދައުވާ ލުތުފީއާ ދެކޮޅަށް އުފުލައިފި
ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ ލުތުފީ ފިލައިގެން ރާއްޖެއިން ބޭރުގައި އުޅުނު މައްސަލާގައި އޭނާއާ ދެކޮޅަށް މީހުން ބަންދުކުރާ މަރުކަޒަކުން ފިލުމުގެ ކުށުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ގާނޫނުލް އުގޫބާތުގެ 537 ވަނަ މާއްދާގެ ދަށުން މި ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ. އަދި އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ. 

އުމުރު ދުވަހު ޖަލު ހުކުމެއްގައި ހުއްޓާ، ލުތުފީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވީ 2010 ގައެވެ. ބޭރަށް ފޮނުވުމާއެކު އޭނާ ވަނީ ފިލާފަ އެވެ. ފިލައިގެން ސްރީލަންކާގައި އުޅުމަށް ފަހު އޭނާ އަމިއްލައަށް ވަނީ ރާއްޖޭގެ އެމްބަސީއަށް ވަދެ ހިމާޔަތް ހޯދާފަ އެވެ. 

އެއާއެކު އޭނާ ރާއްޖެ ގެނެސް، އަލުން ޖަލުގައި ބަންދު ކުރި އެވެ. ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ލުތުފީ އާއެކު އެހެން ދިވެހިންތަކެއް ވަނީ ލަންކާގެ ޕްލޯޓް ޖަމިއްޔާއާ ގުޅިގެން ރާއްޖެއަށް އުދުވާނީ ހަމަލާދީ، 19 ދިވެއްސަކު ޝަހީދުކޮށްލާފަ އެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް