ads
ޕީޕީއެމްގެ ރައީސް ޔާމިން އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުންނަށް ނަފްސާނީ ފަރުވާ ދޭން ގޮވާލައިފި
ރާއްޖޭގެ އިދިކޮޅު ދެ ޕާޓީކަމަށްވާ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރުންނަށް ނަފްސާނީގޮތުން ފަރުވާދިނުމަށް މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ގޮވާލައްވައިފިއެވެ.
Advertisement

ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ހުށަހަޅުއްވާފައިވާ ނަފްސާނީ ސިއްހަތާގުޅޭ ކަންކަން ވަށާޖެހޭ ސިޔާސަތެއްގެ ތެރެއިން މި ހިދުމަތްތައް ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ހަސަން ޒަރީރު ވިދާޅުވީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ބަލިމަޑުކަމަކީ ސިޔާސީ ގޮތުން ނަފްސާނީ ވަމުންދާ މީހުންނަށް ދިމާވެފައިވާ ބަލިމަޑުކަން ކަމަށެވެ. 

your imageމަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ---

"އަޅުގަނޑުމެންގެ ސިޔާސަތަށް ގެންނަންޖެހޭ އެންމެ ބޮޑު ބަދަލުތަކުގެތެރޭގަ. ހާއްސަކޮށް ސިޔާސީގޮތުން ނަފްސާނީވަމުން މިދާބޭފުޅުންނަށް ފަރުވާދޭނެގޮތެއް ނުވަތަ މެކޭނިޒަމެއް ރާވާ އެކަމަށް ފަރުވާދޭނެގޮތެއް އެބަޖެހޭ ވަރަށް އަަވަހަށް ހޯދަން. މިއީ މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު ބަލިމަޑުކަން އަދި ތަދުމަޑުކަން ވެސް،" ހަސަން ޒަރީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ވެރިމީހާ ހައްޔަރުކުުރުމުން މުޒާހަރާ ކުރުމަކީ މައްސަލައެެއް ނޫންކަމަށެވެ. ނަމަވެސް، އަވަޓްޓެރި ގައުމުތަކާ ދިވެހިރާއްޖެއާއި ޖެހޭގޮތަށް މުޒާހަރާ ކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

your imageޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމިން 

"އެބޭފުޅުން އެ މުޒާހަރާތައް ކުރަމުން އެ ގެންދަނީ ރައީސް ޔާމިން ސަލާމަތްކުރުމަށް. އެއީ އެބޭފުޅުން ކުރަންޖެހޭ ކަމެއް. އެކަމަކު އެ މުޒާހަރާތައް ވަކި ހިސާބަކަށް ނުދަނީސް ދެން އިވެނީ އެންމެ ބޮޑު އަވަށްޓެރި ގައުމަކާ ދެކޮޅަށް އަޑުއުފުލަމުން ދާތަން،"

ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގައުމުގެ ސިޔާސީ ލީޑަރުން ގެނބިގެން ގޮސްފިނަމަ ލިބޭ ގެއްލުން ވަރަށް ބޮޑުވާނެކަމަށް ޒަރީރު ވިދާޅުވިއެވެ. 

"މިއަށް މިކިޔަނީ ސިޔާސީ ނަފްސާނީ ބަލިމަޑުކަން. މިއަށްވުރެ ބޮޑަށް ގައުމަކަށް ހަގީގަތުގަ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއިން ސިޔާސީގޮތުން އެގައުމެއްގެ ލީޑަރުންތައް އޭގެ ތެރެއަށް ގެނބިގެން ގޮސް ހަލާކުވީމަ ދެން އެލިބޭ ގެއްލުމަށްވުރެ ވަކި ބޮޑުގެއްލުމެއް އޮންނާނެކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ އަޅުގަނޑުމެން އެބަޖެހޭ އިދިކޮޅު ޕާޓީތަކުގެ ލީޑަރުންނަށް ނަފްސާނީގޮތުން މިއަދު ދިމާވެފައި އެހުރި ކަންތައްތަކަށް ފަރުވާދޭން،"

އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ވިދާޅުވީ ޕީޕީއެމްއަދި ޕީއެންސީގެ ހާރިޖީ ސިޔާސަތާމެދު ވިސްނުމަށް ބަދަލެއް އައިސްފައިވާކަމަށާއި، ބަވަނަވަމުން އަންނަ ދުނިޔެެއެއްގައި އެ ބޭފުޅުންގެ ހާރިޖީ ސިޔާސަތު ކަމުނުދާކަމަށެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް