ދައުލަތުގެ މުއައްސަސާތަކުން އޮންލައިންކޮށް ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރަމުން އަންނަ މި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމް ތައާރަފުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. މި ނިޒާމުގެ އެންމެހާ ކަންކަން ބަލަހައްޓަމުން އަންނަނީ އެންސީއައިޓީންނެވެ.
އީފާސްގެ ހިދުމަތަށް 10 އަހަރުވެފައިވާއިރު، މިހާތަނަށް 139،000 މީހުން ރެޖިސްޓަކޮށްފައިވެއެވެ. ނިމިދިޔަ މަހު 894 މީހުން މި ހިދުމަތަށް އަލަށް ރެޖިސްޓަކޮށްފައިވާއިރު، 138،000 ފަހަރު ހިދުމަތުގެ ބޭނުންކޮށްފައިވެއެވެ. މިހާތަނަށް 6.1 މިލިއަން ފަހަރު އީފާސްއަށް ލޮގިންވެ ހިދުމަތް ހޯދާފައިވެއެވެ. މި ނިޒާމުގެ ތެރެއިން 64 އެޕްލިކޭޝަނަކުން ހިދުމަތް ފޯރުކޮށްދެމުންދެއެވެ.
އީފާސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، މިދިޔަ ޖެނުއަރީ މަހު،