ads
މެންބަރު ގަފޫރު އަދި މެންބަރު ހަސަން އަފީފް
ގަފޫރުގެ ތުހުމަތުން އަފީފު ރަތައް، މަޖިލީހުގެ ޖަލްސާ ގަޑުބަޑު
ރައްޔިތުންގެ މަޖިލީހައި މިއަދު ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް އަށް ދެއްވި ވަރުގަދަ ބަހުގެ ހަމަލާއަކުން މަޖިލިސް ވަރަށް ބޮޑަށް ހޫނުވެެ އެ ހަމަނުޖެހުގެ ތެރެގައި މަޖިލީހުގެ ޖަލްސާ ވަރަށް ބޮޑަށް ގަޑުބަޑުވެއްޖެއެވެ.
Advertisement

ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު ހުށަހަޅުއްވާފައިވާ ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިނގުމަށާއި ގުދަންކުރުމުގެ ބޭނުމަށް ދައުލަތުން ތަންތަން ކުއްޔަށް ހިފުމަށް ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަން ޖެހިފައިވާތީ މިކަމަށް އަވަސް ހައްލެއް ހޯދުމަށް ހުށަހަޅާފައިވާ ގަރާރަށް ބަހުސްކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި ތިއްބަވައިގެން ރައްޔިތުންގެ މަޖިލީހަކީ "ސަރުކާރަށް ފާޑުކިޔާ ޕްލެޓް ފޯމަކަށް" ވެފައިވާކަމަށެވެ. 

އޭރު ރިޔާސަތުގައި އިންވީ އަފީފެވެ. އަފީފު ވަނީ ގަފޫރަށް ރައްދުދެއްވައި މިއަދު ހުށަހެޅިފައިވާ މައުލޫއަށް ވާހަކަ ދައްކަން އަންގަވާފައެވެ. 

އެވަގުތު މާފަންނު ހުޅަނދު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު އަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތްތެވުމަށް ހަސަން އަފީފު ތިން ފަހަރު އެދި ވަޑައިގެންނެވިއެެވެ. އަދި ތިންފަހަރު އެގޮތަށް އެދިވަޑައިގަތުމަށްފަހު ފަލާހުގެ ނަން އިއްވަވައި މަޖިލީހުން ނުކުންނަށް އެނގެވިއެވެ. 

your imageމާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހް

އޭރު މެންބަރު ގަފޫރު ގެންދެވީ ހުއްޓާލުމެއް ނެތި އަފީފުއަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. މައިކު ކަނޑާލާފައި ހުރި ނަމަވެސް، "ތިންމީހުން ތިބެގެން މިތާގަ ޖަގަޑާއެއް ނުހެދޭނޭ،" ކަމަށް ގަފޫރު ވިދާޅުވާ އަޑުއިވެއެވެ. 

ގަފޫރު އެ ވިދާޅުވާ ތިން ބޭފުޅުންނަކީ ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި ހަސަން އަފީފެވެ. މި ދައުރުގައި މަޖިލީހުގެ ރިޔާސަތު އާންމުކޮށް މިފަހަރު ބަލަހައްޓަވަނީ މި ތިން ބޭފުޅުންނެނެވެ. 

ފަލާހު ހޯލުން ނުކުތުމަށް އަފީފް އެދެމުން ގެންދެވިއިރު ވެސް ގަފޫރު ގެންދެވީ ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އެގޮތުން "ކޮންމެ ދުވަހަކުވެސް ފަހު ވަގުތުކޮޅަށް އަންނަނީ މީނަ" ކަމަށް ވިދާޅުވެ ގަފޫރު ވަނީ ވާހަކަ ދައްކަވާފައެވެ.

ނަން އިއްވިނަމަވެސް މެންބަރު ފަލާހު ނުނުކުމެގެން ވަގުތުކޮޅަކަށް ޖަލްސާ މެދުވެސް ކަނޑާލިއެވެ. 

އަލުން ވާހަކަ ދައްކަވަން ފުރުސަތު ލިބުމުން ގަފޫރު ވިދާޅުވީ "މި މަޖިލީހަކީ ގޭމްކުޅެން ގެންގުޅޭ ރާޒުވާ ބޯޑަކަށް މަޖިލިސް ހަދާފައިވާ" ކަމަށެވެ. 

"ވަކިބަޔަކު (އިދިކޮޅު މެންބަރުން) މިތާ ހަޅޭލެވިއަސް އޯކޭ. އެކަމަކު އަޅުގަނޑުމެންގެ މެންބަރެއް (ރައީސް ސާލިހަށް ސަޕޯޓުކުރާ މެންބަރުން) އެއްޗެކޭ ބުނެފިއްޔާ އެބަ ގޯސްވޭ، ވަގުތުން ނަންވެސް އެބައިއްވޭ. އެހެންވީމަ ހަރާންކޯރު ވާންވެސް ތިވަރު ތަންކޮޅެއް ބޮޑު" ގަފޫރު ވިދާޅުވިއެވެ.  

ގަފޫރުގެ ވާހަކަތަކަށްފަހު މަޖިލީހުގެ ތެރޭގައި ގަޑުބަޑުބޮޑުވެ އިތުރަށް ބަހުސް ކުރެވުނީ ދެތިން މެންބަރުންނަށެވެ. އަދި އޭގެފަހުން ކޯރަމް ހަމަނުވެގެން ޖަލްސާ މަދުކަޑާލިއެވެ.   

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް