އެ އޮތޯރިޓީން ބުނެފައިވާ ގޮތުގައި މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 43.1 އިންސައްތަ އިތުރު އަދަދެކެވެ. އަދި މި ނިމުނު މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށް ވުރެ 43.6 އިންސައްތައިގެ ކުރިއެރުމެކެވެ.
ނިމިދިޔަ މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބެއް ކަމުގައި މީރާ އިން ބުނީ ޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކުހާއި އެއާޕޯޓު ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓުގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމުގައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ފާއިތުވެދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12.0 އިންސައްތަ އިތުރުވެފައިވާ ކަމަށް މީރާއިން ބުނެއެވެ.
މީރާ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ޖެނުއަރީ މަހު އެ އޮތޯރިޓީއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީންނެވެ.
ޖެނުއަރީ މަހު މީރާ އަށް ބަލައިގަތް އާމްދަނީ ހިއްސާ ކުރާ ގޮތް:
- ޖީއެސްޓީ: 1.62 ބިލިއަން ރުފިޔާ (47.7 އިންސައްތަ)
- އާމްދަނީން ނަގާ ޓެކްސް: 1.30 ބިލިއަން ރުފިޔާ (38.1 އިންސައްތަ)
- ގްރީން ޓެކްސް: 100.79 މިލިއަން ރުފިޔާ (3.0 އިންސައްތަ)
- ޓޫރިޒަމް ލޭންޑް ރެންޓް: 94.04 މިލިއަން ރުފިޔާ (2.8 އިންސައްތަ)
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 89.60 މިލިއަން ރުފިޔާ (2.6 އިންސައްތަ)
- އެހެނިހެން ޓެކުހާއި ފީ: 198.63 މިލިއަން ރުފިޔާ (5.8 އިންސައްތަ)
ޖެނުއަރީ މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 112.80 މިލިއަން އެމެރިކާ ޑޮލަރު (1.74 ބިލިއަން ރުފިޔާ) ހިމެނޭ ކަމަށް މީރާއިން ބުނެއެވެ.