ads
ހީނާ ހާން ރާއްޖޭގައި
ހީނާ ހާން ރާއްޖެ އައިސް "މޮޔަވެއްޖެ"!
ހީނާ ހާން ރާއްޖެއައިސް ރާއްޖޭގެ ރީތިކަން ފެނި 'މޮޔަވެއްޖެ' ކަމަށް އޭނާގެ ބައެއް ސަޕޯޓަރުން ބުނަން ފަށައިފިއެވެ.
Advertisement

ސަބަބަކީ އޭނާ އާދަޔާ ހިލާފަށް ގިނައިން ސޯޝަލްއަށް ޕޯސްޓުތައް ލާތީއާއި، އޭނާ ސޯޝަލް މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކުގެ ސަބަބުންނެވެ. 

ހިނާ ހާން އޭނާގެ ސޯޝަލް މީޑިއާގައި ބުނަމުން ގެންދަނީ، މިވަގުތު އުޅެނީ  އޭނާގެ “ސުވަރުގޭގައި” ގައި ކޮލެޓީ ވަގުތުކޮޅެއް ހޭދަކުރަވޭތޯއެވެ. 

އެންމެ ފަހުގެ ޕޯސްޓާއެކު ވެސް ހިނާ ހާން ވަނީ އޭނާގެ ފޭނުން އަޖައިބުކޮށްލާފައެވެ. 

ޕްރިންޓްކޮށްފައިވާ ހެދުމެއްގައި އޭނާ ފެންނަނީ ސަން ހެޓާއި ރަތް އައިނަކާ، ހުދު ފައިވާން ޖޯޑަކާއި އަރައިގެން އުޅޭތަނެވެ.

އޭނާ މިވަގުތުހުރީ “ސުވަރުގޭގެ ވެސް ފުރިހަމަ ތަނެއް،”ގައި ކަމަށް ކެޕްޝަންގައި ބަތަލާ ލިޔެފައިވެ އެވެ.

އަދި ޗުއްޓީގެ މަންޒަރުތައް އިންސްޓަގްރާމް ސްޓޯރީތަކުގައި ވެސް ބަތަލާ ގެންދަނީ އާންމުކުރަމުންނެވެ. ހިނާ ގެންދަނީ ހުއްޓުމެއް ނެތި ކެއުމާ، ގޮނޑު ދޮށުގައި ހުސްފައިގައި ހިނގުމާ، ތަފާތު ޑެސާޓްތަކާއި ބުއިންތަކުގެ ރަހަބެލުމުގައި އަވަދިނެތި އުޅޭތަން ވެސް ސްޓޯރީއަށް ލަމުންނެވެ. މިއީ އޭނާ މިހާ ބޮޑަށް ސޯޝަލް މީޑިއާގައި އެކްޓްވި ފުރަތަމަ ފަހަރެެވެ. 

ހިނާ ހާން އަންނަނީ ރާއްޖޭގައި ހޭދަކުރި ވަގުތުތައް އޭނާގެ އިންސްޓަގްރާމް ޕްރޮފައިލްގައި ޑޮކިއުމެންޓް ކުރަމުންނެވެ. ބަތަލާ، ހޮނިހިރު ދުވަހުގެ ހެނދުނުގެ ނާސްތާއަށް ކެއި އެއްޗެހި ވެސް ހިއްސާކޮށް ފޭނުން ވަނީ ދަހިކޮށްލާފައެވެ. 

"ރާއްޖެ ގޮސް ހީނާ މޮޔަވެއްޖެ،" ކަމަށް އޭނާގެ ސޯޝަލް މީޑިއާއަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވެއެވެ.

ހިނާ ހާން މަޝްހޫރު ވެގެން ދިޔައީ ޓީވީ ޝޯ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން ދެއްކި މޮޅު އެކްޓުންނެވެ. އަދި  ކޮމޮލިކާގެ ރޯލުން ފެނިގެންދިޔަ "ކަސައުޓީ ޒިންޑަގީ ކޭ 2" އިން ވެސް އޭނާ އަށް ގިނަ ތައުރީފުތަކެއް ލިބުނެވެ.

ހިނާ ހާން ވަނީ މަދު ފިލްމުތަކެއްގައި ވެސް މަސައްކަތްކޮށްފަ އެވެ. ފުރަތަމަ ފިލްމު "ލައިންސް" އަށް ފަހު އޭނާ ދެން ފެނިގެންދާނީ "ކަންޓްރީ އޮފް ބްލައިންޑް" އިންނެވެ.

59%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް