ads
ހަސަން އަފީފް: ފޮޓޯ މަޖިލިސް
ހަސަން އަފީފްގެ ނަމުގައި ފޭކް ޓްވިޓާ އެކައުންޓެއް
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ ނަމުގައި ޓްވިޓް ކުރަމުން ގެންދަނީ އެބޭފުޅާ ނޫންކަމަށާއި އެއީ ކޮންމެވެސް މީހަކު ވަގަށް ހަދައިގެން އުޅޭ ޓްވިޓަ އެކައުންޓެއްކަމަށް ހަސަން އަފީފް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ އެޓްވިޓަ އެކައުންޓުން ކޮށްފައިވާ ބައެއް ޓްވިޓްތަކަށް ހަވާލާދީ ރާއްޖޭގެ ބައެއް މީޑިއާތަކުން ހަބަރުވެސް ކަވަރުކޮށްފައި ވެއެވެ. 

އެގޮތުން އިއްޔެ މާލޭ ސަރަހައްދުގެ މީހުން ޕިކްނިކް ދިއުމަށް ހުޅުވި "ކުޑަގިރި" އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހުޅުވަން ވިދާޅުވި ޕިކްނިކް އައިލެންޑްކަމަށާއި ނަމަވެސް އެކަން ސަރުކާރަށް ކުރެވުނީ ވެރިކަމުގެ 1548 ވަނަ ދުވަހުކަމަށް އެކައުންޓުން ކޮށްފައިވާ ޓްވިޓެއްގައި ބުނެފައިވެވެ.

2018 ވަނަ އަހަރުން ފެށިގެން އެކްޓިވްކަމަށް ފެންނަ ޓްވިޓަ އެކައުންޓުން، ދާއިފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކޮށް ޓްވިޓްކޮށް އަދި ރިޓްވިޓްވެސް ކޮށްފައިވެއެވެ.

ހަސަން އަފީފް ރޭ ސީއެންއެމްއަށް ވިދާޅުވީ އެ ޓްވިޓަ އެކައުންޓަކީ އެބޭފުޅާ ގެންގުޅުއްވާ އެކައުޓެއް ނޫންކަމަށައި ޓްވިޓަ ބޭނުންވެސް ނުކުރައްވާކަމަށެވެ.

"އަޅުގަނޑު މީ ޓްވިޓަ އެކައުންޓެއް ގެންގުޅޭ މީހެއްނޫން. އަޅުގަނޑު ކުރާކަމެއް ނޫން އެއީ" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ އެއީ ކޮންމެވެސް އެހެން މީހަކު އަފީފުގެ ނަމުގައި ވަގު އެކައުންޓެއް ހަދައިގެން ކުރަމުންގެންދާ ކަމެކެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް