ads
ކަނޑުމަތިން ހޯދި މަސްތުވާތަކެތި
އޮޔާދަނިކޮށް 4.6 ބިލިއަން ރުފިޔާގެ ޑްރަގްސް ހޯދައިފި
ޕެސިފިކް ކަނޑު މަތިން އޮޔާދަނިކޮށް 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) ގެ ޑްރަގްސް ނިއުޒިލޭންޑް ފުލުހުން ހޯދައިފިއެވެ.
Advertisement

މި މަސްތުވާތަކެތީގެ ބަރުދަނުގައި 3.5 ޓަނު ހުރި ކަމަށް ނިއުޒިލޭންޑު ފުލުނުން ބުނެއެވެ. 

މި މަސްތުވާތަކެއްޗަކީ ނިއުޒިލޭންޑަށް ވެއްދުމަށް މަސައްކަތް ކުރި ތަކެތިކަމަށް ބެލެވޭކަމަށާ، މިތަކެތި އެ ގައުމަށް ވެއްދުނު ނަމަ 30 އަހަރު ވަންދެން އެ ގައުމުގައި މި މަސްތުވާތެތި ރޯލް ކުރެވޭނެކަމަށް ވެސް ފުލުުހުން ބުނެއެވެ. 

މި މަސްތުވާތެކި އަތުލައިގަނެފައިވަނީ ނިއުޒިލޭންޑުގެ އިތުރުން ހަތަރު ގައުމެއްގެ އިންޓަލިޖެންސް އޮފިޝަލުން ގުޅިގެން ކުރި މަސައްކަތުންކަމަށް ވެސް ފުލުހުން ބުނެއެވެ. 

"މިއީ މިހާތަމަށް ތާރީހުގައި ވެސް ނިއުޒިލެންޑު ފުލުނުން ހޯދި އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި،" ނިއުޒިލޭންޑްގެ ކޮމިޝަނާ އޮފް ޕޮލިސް އެންޑްރޫ ކޯސްޓާ ވިދާޅުވިއެވެ. 

މި މަސްތުވާތަކެތި އޮޔާ ދޫކޮށްލާފައިވަނީ ކަނޑުމަތިން އެތަކެތި އެހެން ބަޔަކާ ހަވާލުކުރުމިގެ ބޭނުމުގައި ކަމަށާއި، ފުލުހުންނަށް ރަނަގަޅު ވަގުތައް ނުދެވުނުނަމަ މަސްތުވާތަކެތި އަތުލައި ނުގަނެވުނީސް ކަމަށްވެސް ނިއުޒިލޭންޑް ފުލުހުން ބުނެއެވެ. 

މި މަސްތުވާތަކެއްޗަކީ ދެކުނު އެމެރިކާގެ ގައުމަކުން އުފައްދާފައިވާ ތަކެތިކަމަށް ވެސް ނިއުޒިލޭންޑުން ބުނެއެވެ. 

 

63%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް