ads
ވޯލްޑް ގަވާމަންޓް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ދުބާއީއަށް ފުރާވަޑައިގަތީ މިއަދު
ވޯލްޑް ގަވާމަންޓް ސަމިޓުގައި ބައިވެެރިވެ ވަޑައިގަންނަވަން ނައިބު ރައީސް ދުބާއީ އަށް
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ "ވޯލްޑް ގަވަމަންޓް ސަމިޓް 2023" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ދުބާއީއަށް މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ދަތުރުފުޅަކީ ޔޫއޭއީގެ ބޮޑުވަޒީރު، ޔޫއޭއީގެ ޑިފެންސް، މިިނިސްޓަރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ވޯލްޑް ގަވަމަންޓް ސަމިޓުގެ ފިއުޗަ އޮފް ވޯކް ފޯރަމްގައި ނައިބު ރައީސް ފައިސަލް ތަގްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިދަތުރުފުޅުގައި ދިވެހި ސަރުކާރާއި ޔޫއޭއީ ސަރުކާރާއި ދެމެދު މިދިޔަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން "މޯލްޑިވްސް ލީޑަރޝިޕް ޕްރޮގްރާމް" އިފްތިތާހްކުރުމުގެ ރަސްމިއްޔާތުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގަ އެވެ.

މިއަހަރުގެ ވޯލްޑް ގަވަމަންޓް ސަމިޓުކުރިޔަށް ގެންދަނީ މުޅި އިންސާނިއްޔަތަށް ރަނގަޅު މުސްތަގްބަލެއް ހޯދުމަށް އަމާޒުހިފާފައިވާ މައިގަނޑު ހަ ތީމެއް ކަނޑައަޅައިގެން ނެވެ.

މި ސަމިޓުގައި ދުނިޔޭގެ އެކިކަންކޮޅުތަކުން ލީޑަރުންނާއި، ބައިނަލްއަގްވާމީ މާހިރުންނާއި، ނިންމުންތައް ނިންމަވާ ފަރާތްތައް އެއްތަނަކަށް އެއްވެ، ހިޔާލުބަދަލުކުރާނެ އެވެ.

މި ބައްދަލުކުރެއްވުމުގައި، މުސްތަގްބަލަށް މުހިންމުވާނެ ތަރައްގީގެ ސިޔާސަތުތަކާއި މޮޑެލްތައް އެކުލަވާލުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާތައް ކުރިޔަށްގެންދަވާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް