މި މަހުގެ 23 ން ފެށިގެން 27 އަށް މާލޭގައި ބާއްވާ މި މުބާރާތުގައި ރާއްޖެއާ ވާދަކުރާނީ މެލޭޝިއާ އާއި ސިންގަޕޫރު އަދި އަފްގާނިސްތާން އެވެ. އަފްގާނިސްތާނުން ހަމައެކަނި ބައިވެރިވަނީ ފިރިހެން ޓީމެވެ. އަނެއް ތިން ޓީމުން އަންހެން އަދި ފިރިހެންވެސް ކުޅޭނެއެވެ.
މުބާރާތުގެ ފޯމެޓް ރޭވިފައި އޮތީ ރައުންޑް ރޮބިން ކުޅުމަށް ފަހު، އެއް ވަނަ ފައިނަލަށް ދާ ގޮތަށާއި ދެ ވަނަ އާއި ތިން ވަނަ ސެމީ ފައިނަލް ކުޅޭ ގޮތަށެވެ.
މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދިވެހި އަންހެން، އަދި ފިރިހެން ގައުމީ ވޮލީ ޓީމުން މިހާރު އަންނަނީ ތައިލެންޑްގައި ފަރިތަކުރަމުންނެވެ.