ads
ޕާޓީ އުފެއްދުމުގެ ހުއްދަ ޖާބިރާއި ހަވާލުކުރަނީ
ގްރީން ޕާޓީ އުފައްދަން ޖާބިރަށް ހުއްދަދީފި
"ގްރީން ޕާޓީ އޮފް މޯލްޑިވްސް" (ޖީޕީއެމް) ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް އިލެކްޝަން ކޮމިޝަނުން މިއަދު ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ "ގްރީން ޕާޓީ އޮފް މޯލްޑިވްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހ. ތިމާވެށި، އަބްދު ﷲ ޖާބިރަށް ހުއްދަދީފައިވާ ކަމަށެވެ.

ޖާބިރު މިހާތަނަށް ހުންނެވީ ޑީއާރުޕީގެ ލީޑަރުގެ މަގާމުގައެވެ. ނަމަވެސް ޖާބިރު މިއަދު ވަނީ ޑީއާރުޕީގެ ލީޑަރުގެ މަގާމުންނާއި މެމްބަރުކަމުން ވަކިވެވަޑައިގެންފައެވެ.

އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ޖާބިރަށް ދިންއިރު، 3000 މެމްބަރުން ހަމަނުވުމުގެ ސަބަބުން ޑީއާރުޕީ އުވާލަން ނިންމައި، އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އެޕާޓީއަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ޑީއާރުޕީ އުވާލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުން ގެންދާއިރު، ރައީސް މައުމޫނުގެ ޒައާމަތުން ފެށިގެން ވާރުތަވަމުން އަންނަ އެތައް މިލިއަން ރުފިޔާގެ ދަރަންޏެއް ޑީއާރުޕީގައި އެބައޮތެވެ.

ޖާބިރު އަމިއްލަ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއިރު، ޑީއާރުޕީގެ އިތުރުން މީގެކުރިންވަނީ، ޕީއޭއާއި ޖުމްހޫރީ ޕާޓީގައިވެސް ހަރަކާތްތެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް