ads
ޖިންސީ ގޯނާ އާއި ދެކޮޅަށް ބޭއްވި އެއްވުން -- ދުވަސް ފޮޓޯ: ޒިދާން މުހައްމަދު
ބަރަހަނާ ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބިރުދެއްކި މައްސަލަ ސާބިތުނުވި
ބަރަހަނާ ފޮޓޯތަކެއް ލީކުކުރާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށްގެން ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ ލިބުނު މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

އަންހެނެއްގެ ބަރަހަނާ ފޮޓޯތަކެއް ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކައިގެން އޭނާއާ އެކު ޖިންސީ އަމަލެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މައްސަލައިގައި ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އެކަށީގެންވާ ވަރަށް ހެކި ނެތިގެން ކަމަށް ބުނެއެވެ.

މި މައްސަލައިގެ ހުކުމް މިދިޔަ އާދިއްތަ ދުވަހު ކުރީ، މައްސަލަ ހުށަހެޅިތާ ފަސް އަހަރަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވާހަކަތައް ހިމެނޭތީ މި މައްސަލައިގެ އަޑު އެހުންތައް ގެންގޮސްފައިވަނީ ސިއްރުންނެވެ. އަދި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުވެސް އާއްމު ނުކުރެއެވެ.

އަންހެނަކު ބްލެކްމެއިލް ކުރުމުގެ މި މައްސަލައިގެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅިއިރު މީގެ ދުވަސްކޮޅެއް ކުރިން ފިރިހެނަކު ކުލީ ކޮޓަރިއަކަށް ގެންގޮސް، ބަރަހަނާ ފޮޓޯއެއް ލީކް ކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފޭރުނު އަންހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެއީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، މާލޭގައި ފިރިހެނަކު ކުލީ ކޮޓަރިއަކަށް ގެންގޮސް އިތުރު ދެ ފިރިހެނުންގެ އެހީތެރިކަމާއެކު އެ މީހާގެ ބަރަހަނާ ފޮޓޯ ނަގައި ފޭރި، އަދި ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި މައްސަލައެވެ.

މި ހާދިސާގައި އެ ފިރިހެން މީހާގެ ބޭންކް އެކައުންޓްގައި ހުރި ފައިސާ ޓްރާންސްފަރ ކުރުވައި އަދި ވޮލެޓުގައި ހުރި ނަގުދު ފައިސާ ފޭރި، ފޯނުވެސް ފޭރިގަތެވެ. އެއީ ސެމްސަންގެ ފޯނެކެވެ. އެކައުންޓުން ޓްރާންސްފަރ ކުރުވީ 2000 ރުފިޔާއެވެ. އަދި ނަގުދު ފައިސާގެ ގޮތުގައި 350 ރުފިޔާ ފޭރުނެވެ.

މި މައްސަލައިގައި އަންހެން މީހާގެ މައްޗަށް ހަތް މަހާއި ހަތް ދުވަހުގެ ޖަލު ހުކުމެއް ކުރީ އެ އަންހެން މީހާގެ އިއުތިރާފުގެ މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް