ads
ހުޅުމާލޭގައި އިމާރާތްކުރި އޮފީސް އިމާރާތް---
ހަޔާ އެޑިއުކޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހުޅުމާލެއަށް މި ހްފާތާގައި ބަދަލުކުރަނީ
ހުޅުމާލޭގައި އިމާރާތްކުރި ސަރުކާރުގެ އާ އޮފީސް އިމާރާތަށް ބަދަލުކުރަން ނިންމާފައިވާ ޓްރާންސްޕޯޓް އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މި ހަފްތާތެރޭ އެ އިމާރާތައް ބަދަލުވެ ނިމޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "އުމަރު ޒާހިރު އޮފީސް ބިލްޑިން" ގައި ސަރުކާރުގެ ތިން އޮފީހަކާއި ބޭރުގެ އެމްބަސީއެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެ އިމާރާތަށް ހިންގުން ބަދަލުކުރާ އޮފީސްތަކަކީ ޖެންޑާ، ހަޔާ އެޑިއުކޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ އެވެ. 

އޭގެތެރެއިން ޖެންޑާ މިނިސްޓްރީ މިހާރު ވަނީ އެ އިމާރާތައް ބަދަލުކޮށްފައެވެ. އަދި މިވަގުތު އެ މިނިސްޓްރީ ހިންގަމުންދަނީ އެ އިމާރާތުގައެވެ. 

ސަރުކާރުގެ އާ އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ހައުސިން މިިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ، އެޑިއުކޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީވެސް ވަރަށް އަވަހަށް އެ އިމާރާތައް ބަދަލުުވާނެ ކަމަށެވެ. 

" އަޅުގަނޑަށް މައުލޫމާތު ލިބޭގޮތުގައި މި ހަފްތާ ތެރޭގައި ހަޔާ އެޑިއުކޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީވެސް މި އިމާރާތައް ބަދަލުވެ ނިމޭނެ." މިނިސްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގައި މި އޮފީސް އިމާރާތް، އެޅީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއް ކޮށްގެން، އަމިއްލަ ތަންތަނުގައި މުއްދަތެއް ނެތް ގޮތަށް ކުއްޔަށް ހިފައިގެން އުޅެން ޖެހޭތީ އެކަމަށް ހައްލެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2019 ގައި ނިންމެވުމާ ގުޅިގެންނެވެ.

މިއަދު މިނިސްޓަރު އަސްލަމް ވިދާޅުވީ ހުޅުމާލޭގައި ހުޅުވުނު ސަރުކާރުގެ އޮފީސް އިމާރާތާއިއެކު، ކުއްޔަށް ހިފައިގެން މަސައްކަތްކުރާ ދައުލަތުގެ ވުޒާރާއެއް މިހާރު ނުހުންނާނެ ކަމަށެވެ. އަދި މިއަދު ހުޅުވުނު އޮފީސް އިމާރާތާއިއެކު ހުޅުމާލެ ވެގެންދާނީ މާލޭ ސިޓީގެ ބަޔަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް