
ރައީސް ސޯލުހުގެ ވައުދުތައް ނުފުއްދި، ސަރުކާރުގެ މަސައްކަތްތައް ލަސްކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަރުކާރަށް މިދިޔަ ހަފްތާ ތެރޭ ވަރަށް ބޮޑަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.
އަމާޒުވި ފާޑުކިއުންތަކަށް ޖަވާބުދާރީ ވަމުން ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 540 އަށްވުރެ ގިނަ މަޝްރޫއު ފަށާފައިވާ ކަމަށެވެ.
އެގޮތުން އެކި މަރުހަލާގައި ހިންގާފައިވާކަމީ، މި ސަރުކާރުގެ ދުވެލި ހާމަކޮށްދޭ މިސާލެއް ކަމަށާއި އެއީ ރެކޯޑެއް ކަމަށް ވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.
"ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުމުގައި ސަރުކާރުން މިގޮތުގައި ސާބިތުކަމާއެކު ދެމިއޮންނާނެ" ހޫދު ވިދާޅުވިއެވެ.
މިއަހަރު 500 އަށް ވުރެ، ގިނަ މަޝްރޫއު ހިންގަން ރައީސް ސޯލިހު ޕްލޭންކޮށްފައި ވާއިރު އޭގެ ތެރޭގައި 149 ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެށުމާއި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ފެށުން ހިމެނެ އެވެ.
އޭގެ އިތުރުން 750 މިލިއަން ރުފިޔާގެ ސްޓޫޑެންޓް ލޯނު ދޫކުރުން އަދި ދުވަސްވީ މީހުންނަށް ހާއްސަ ދެ މަރުކަޒު ގާއިމްކޮށްދިނުން ވެސް ހިމެނެ އެވެ.