ads
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތް: އިންޑިއާގެ ލޯނުން ކުރިއަށް ގެންދާ 10 މަޝްރޫއެއް ޓެކްސްއިން އިސްތިސްނާވާ ލިސްޓުގައި ވަނީ ހިމަނާފައި - ފޮޓޯ:އައްޑޫ ސިޓީ ކައުންސިލް
އިންޑިއާގެ ލޯނުން ކުރިއަށް ގެންދާ 10 މަޝްރޫއެއް ޓެކްސްއިން އިސްތިސްނާކޮށްފި
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އިސްތިސްނާ ދީފައިވާ މަޝްރޫއުތަކުގެ ލިސްޓް ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރިއިރު، އެލިސްޓްގައި ރާއްޖޭގެ 10 މަޝްރޫޢުއެއް ހިންގާ އިންޑިއާގެ ހަ ކުންފުންޏެއް ހިމެނިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާ ބެހޭ ގަވާއިދުގެ ހަތްވަނަ މާއްދާގެ ދަށުން، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 1-12 ވަނަ މާއްދާގެ ދަށުން އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތްތަކުގެ ދަފުތަރެއް އެ މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށް އަދާހަމަކުރަން ޖެހޭ ކަމުގައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިސްޓުގައި ޖުމްލަ 10 މަޝްރޫއެއް ޓެކްސް ދެއްކުމުން އިސްތިސްނާވެއެވެ. ޓެކްސް ދެއްކުމުން އެ ކުންފުނިތައް އިސްތިސްނާވެފައި ވަނީ ދިވެހި ސަރުކާރާއި އިންޑިއަން އެކްސްޕޯޓު އިމްޕޯޓު ބޭންކާ ދެމެދު ސޮއިކޮށްފައިވާ ޑޮލަރު ކްރެޑިޓް ލައިން އެގްރިމެންޓުގެ ދަށުން އެ މަޝްރޫއާ ގުޅިގެން ދައްކަން ޖެހޭ ޓެކްސް އިސްތިސްނާ ކުރުމަށް އެއްބަސްވެފައިވާތީއެވެ.

ޓެކްސް ދެއްކުމުން އިސްތިސްނާވާ މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުނިތަކަކީ:

  • އެފްކޮންސް އިންފްރާސްޓްރަކްޗަ ލިމިޓެޑް
  • ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް
  • ޝާހް ޓެކްނިކަލް ކޮންސަލްޓެންޓްސް ޕްރައިވެޓް ލިމިޓެޑް
  • ވިޝްވަރާޖް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑް
  • އެސްއެމްސީ އިންފްރާސްޓްރަކްޗާސް ޕްރައިވެޓް ލިމިޓެޑް
  • އެލް އެންޑް ޓީ އިންފްރާސްޓްރަކްޗަ އިންޖިނިއަރިން ލިމިޓެޑް އެންޑް ލިއަ އެސޯސިއޭޓްސް ސައުތް އޭޝިއާ ޕްރައިވެޓް ލިމިޓެޑް ޖޭވީ އެލްއެލްޕީ

މި ކުންފުނިތަކުގެ ތެރެއިން އެފްކޮންސް އިންފްރާސްޓްރަކްޗަ ލިމިޓެޑަކީ ތިލަމާލެ ބްރިޖް އެޅުމުގެ މަޝްރޫއާއި ގުޅީފަޅުގައި އެޅުމަށް ހުށަހަޅާފައިވާ ބަނދަރުގެ އިތުރުން އައްޑޫގެ ހުރިހާ ރަށެއްގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި މަގުތައް ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި 10 ރަށެއްގައި ފެނާއި ނަރުދަމާގެ ހިދުމަތް ޑިޒައިންކޮށް އިމާރާތްކުރުމުގެ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުންޏެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް