ads
އިނގުރައިދޫ ޓީމުގެ ހާއްޕެ
ގޯލްޑަން ފުޓްސަލް: ހާއްޕެގެ ޖާދުލާއެކު އިނގުރައިދޫ އަތޮޅު ފައިނަލަށް
ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ކުޅުނު މެޗުން މޮޅުވެ ރ. އިނގުރައިދޫ، އެ އަތޮޅު ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.
Advertisement

ރ. އަތޮޅުން ރޭގެ މެޗުތަކަށް ބަލާއިރު، ރ. ދުވާފަރުން ވަނީ 5-1 އިން ރ. އިންނަމާދޫ ބަލިކޮށްފަ އެވެ. އިނގުރައިދޫ މޮޅުވީ ރ. އަލިފުށި އަތުން 3-0 ނެވެ.

ލ. މާބައިދޫ އަތުން ލ. މާމެންދޫ 2-1 އިން ކުރިހޯދިއިރު، ލ. ކަލައިދޫ އަތުން ލ. އިސްދޫ ވަނީ 3-2 އިން މޮޅުވެފަ އެވެ.

އެންމެ އުތުރުން ހދ. ނޮޅިވަރަންފަރުން 5-0 އިން ހދ. ހިރިމަރަދޫ ބަލިކުރިއިރު، އެ ގްރޫޕްގެ އަނެއް މެޗުން ހދ. ނޭކުރެންދޫ އަތުން ނައިވާދޫ މޮޅުވީ 3-1 އިންނެވެ. ހދ. މަކުނުދޫ އަތުން 3-1 އިން މޮޅުވެ، ހދ. ކުމުންދޫން އަތޮޅު ސެމީ ފައިނަލުގެ ޖާގަ ހޯދިއިރު، ހދ. ވައިކަރަދޫ އަތުން ހދ. ފިނޭ މޮޅުވީ 5-3 އިންނެވެ.

މިރެއަށް ތާވަލުކޮށްފައިވާ މެޗުތައް

ށ. ޅައިމަގު- ށ. ފޯކައިދޫ

ތ. ތިމަރަފުށި – ތ. ކިނބިދޫ

ގދ. ތިނަދޫ- ގދ. މަޑަވެލި

ގދ. ހޯޑެއްދޫ – ގދ. ވާދޫ

ށ. މިލަންދޫ – ޝ. ކަނޑިތީމު

ށ. މަރޮށި- ށ. ބިލެއްފަހި

ގދ. ދެއްވަދޫ – ގއ. ނިލަންދޫ

ގއ. ކަނޑުހުޅުދޫ- ގއ. މާމެންދޫ

80%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް