ads
ގޮތްނޭނގޭ ސްކީމްތަކާއި ފަންޑްތަކަށް ސަމާލުވުމަށް ސީއެމްޑީއޭއިން ވަނީ އިލްތިމާސްކޮށްފައި - ފޮޓޯ:ޓެކްއިންއޭޝިއާ
ގޮތްނޭނގޭ ސްކީމްތަކާއި ފަންޑްތަކަށް ސަމާލުވުމަށް ސީއެމްޑީއޭއިން އިލްތިމާސްކޮށްފި
ގޮތްނޭނގޭ ސްކީމްތަކާއި ފަންޑްތަކަށް ސަމާލުވުމަށް ސީއެމްޑީއޭއިން އިލްތިމާސްކޮށްފިއެވެ.

ސީއެމްޑީއޭއިން ބުނީ ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް އިންވެސްޓް ކުރުމަށް ލިބޭ ހުށަހެޅުންތަކާއި ދައުވަތުތަކާ މެދު ގޮތެއް ނިންމުމުގެ ކުރިން، އެ ހުށަހެޅުން ހުށަހަޅާ ފަރާތަކީ ރާއްޖޭގައި އިންވެސްޓްމަންްޓް ފަންޑާއި ސްކީމްތައް ހިންގުމުގެ ހުއްދަ އޮތް ފަރާތެއްތޯ ނުވަތަ އެފަދަ އިންވެސްޓްމަންޓް ފަންޑުތަކަކީ އެ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ ފަންޑެއްތޯ ބެލުމަށްފަހު ނޫނީ އެއްވެސް ފަރާތަކުން އިންވެސްޓް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވާ ކަމަށެެވެ.

ސެކިއުރިޓީސް މުއާމަލާތްތަކުގައި ހަރަކާތްތެރިވުމަށް ސީއެމްޑީއޭއިން ލައިސަންސް ދީފައިވާ ފަރާތްތަކާއި އިންވެސްޓްމަންްޓް ފަންޑު ހިންގާ ބެލެހެއްޓުމަށްޓަކައި ރަޖިސްޓްރީކޮށްދީފައިވާ ފަންޑުތަކުގެ މައުލޫމާތު، އެ އޮތޯރިޓީގެ ވެބްސައިޓުގައިވާ މި ލިންކުން https://cmda.gov.mv/en/registries?registry_type=21 އާންމުކޮށް ފެންނަން ހުންނާނެ ކަމުގައި ސީއެމްޑީއޭއިން ބުނެއެވެ.

ސޯޝަލް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލިބޭ ހުށަހެޅުންތަކަކީ އެކަމަށް ހެދިފައިވާ އެންމެހާ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ނަގަންޖެހޭ ހުއްދަތައް ލިބިފައިވާ ސްކީމެއްތޯ ކަށަވަރުކުރުމަށްފަހު ނޫނީ އެއްވެސް އެފަދަ ފަންޑެއް ނުވަތަ ސްކީމެއްގައި ބައިވެރި ނުވުމަށް ސީއެމްޑީއޭއިން އިލްތިމާސްކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް