ads
ދުބާއީގައި އޮތް ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވަނީ
ދުބާއީ ދަތުރުފުޅު ނިންމަވާލައްވާ ނައިބު ރައީސް މާލެ ވަޑައިގެންފި
ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު މާލެ ވަޑައިގެންފި އެވެ.
Advertisement

މާލެ ވަޑައިގަތީ މިއަދުގެ މެދުރުފަހުގެ ވަގުތެއްގައެވެ. ނައިބު ރައީސް ފައިސަލްގެ މި ދަތުރުފުޅަކީ، މިމަހުގެ 13 އިން 15 އަށް ބޭއްވި "ވޯލްޑް ގަވާމަންޓް ސަމިޓް 2023" ގައި ބައިވެރިވެ ވަޑައިގެންނެވުމަށް، ޔޫއޭއީ ގެ ބޮޑުވަޒީރު، ޔޫއޭއީގެ ޑިފެންސް މިނިސްޓަރު، އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަހްތޫމްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި، މަދީނަތު ޖުމެއިރާގައި ހޯމަ ދުވަހު ބޭއްވި 9 ވަނަ ވޯލްޑް ގަވަމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެން އެ ސަމިޓްގެ ތެރެއިން ކުރިޔަށްދިޔަ "ފިއުޗަ އޮފް ވޯކް" ފޯރަމްގައި ތަގްރީރްކުރެއްވި އެވެ. މިތަގުރީރުގައި ނައިބު ރައީސް ވަނީ، ރައްޔިތުން އެދޭ މުސްތަޤްބަލް ހާސިލުކުރުމަށްޓަކައި ލިބެންހުރި ފުރުސަތުތަކާއި ވަސީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވާފަ އެވެ.

މި ސަމިޓުގެ ތެރެއިން "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" ވެސް ނައިބު ރައީސް ފައިސަލް އިފްތިތާހުކޮށްދެއްވި އެވެ. "މޯލްޑިވްސް ލީޑާޝިޕް ޕްރޮގްރާމް" އަކީ ޔޫއޭއީގެ ގަވަމެންޓް އެކްސްޕީރިއަންސް އެކްސްޗޭންޖް ޕްރޮގްރާމް (ޖީއީއީޕީ) ގެ ދަށުން ފެށި ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. މި ތަމްރީނު ޕްރޮގްރާމް ހިންގާނީ ރާއްޖެއާއި ޔޫއޭއީ އާ ދެމެދު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ދިވެހި ސަރުކާރު މުވައްޒަފުން ނަށެވެ.

މި ދަތުރުފުޅުގައި، ޔޫއޭއީގެ ފުޖެއިރާގެ ވަލީ އަހުދު ޝައިހް ހަމަދު ބިން މުހައްމަދު އަލް ޝަރްގީއާ ވެސް ބައްދަލުކުރެއްވި އެވެ. މީގެ އިތުރުން ޔޫއޭއީގެ އިންޑަސްޓްރީ އެންޑް އެޑްވާންސްޑް ޓެކްނޮލޮޖީ މިނިސްޓަރު، ކޮޕް 28 ގެ ރައީސް، އަދި ޔޫއޭއީގެ ސްޕެޝަލް އެންވޯއީ އޮން ކްލައިމެޓް ޗޭންޖް ޑރ. ސުލްތޯން ބިން އަހްމަދު ސުލްތޯން އަލްޖަބަރް ވެސް ވަނީ ނައިބު ރައީސްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

ރަސްމީ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ވެސް ބައިވެެރިވެވަޑައިގެންނެވި އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް