ads
ފަސްމީރު ރޯދަ ޕްރޮމޯ 1444: 200 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 170،000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެ - ފޮޓޯ:މިފްކޯ
170,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭ މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި
މިފްކޯ ފަސްމީރު ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

'ފަސްމީރު ރޯދަ ޕްރޮމޯ 1444' ނަމުގައި ފެށި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް މިފްކޯއިން ނިންމާފައިވަނީ އެޕްރީލް މަހުގެ ނިޔަލަށެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފްކޯއިން އަލަށް ހުޅުވި މަސް ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި 'ފަސްމީރު ރޯދަ ޕްރޮމޯ 1444' ފައްޓަވައިދެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އިޒްހާނެވެ.

މި ޕްރޮމޯޝަނުގެ މުއްދަތުގައި މިފްކޯގެ މަސްފިހާރަތަކުން 200 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ޖުމްލަ 170،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން،

  • އެއްވަނައަށް 100،000 ރުފިޔާ
  • ދެވަނައަށް 45،000 ރުފިޔާ
  • ތިންވަނައަށް 25،000 ރުފިޔާ

'ފަސްމީރު ރޯދަ ޕްރޮމޯ 1444' ކުރިއަށް ދާނީ މާލެ އަދި ހުޅުމާލެ ފިޔަވަހި އެކަކާއި ދޭއްގެ މަސް ފިހާރަތަކުގެ އިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މިފްކޯ މަސްފިހާރަތަކުގައެވެ.

މިފްކޯއިން ބުނެފައިވާ ގޮތުގައި ރޯދަ މަހަށް މިފްކޯގެ އުފެއްދުންތަކުގެ އަގަށް ބަދަލު ގެނައުމަކާއި ނުލާ މިހާރު ހުރި އަގުތަކުގައި ވިއްކަމުންދާނެ ކަމުގައެވެ.

މިފްކޯއިން ވަނީ 'ފަސްމީރު ރޯދަ ޕްރޮމޯ 1444' އާއެކު ރޯދަ މަހަށް ހާއްސަކޮށް ހަ މަސްދަޅުގެ ޕެކާއި 12 މަސްދަޅުގެ ޕެކްތަކެއް ތައާރަފުކޮށްފައެވެ. އޭގެ އިތުރުން 24 މަސްދަޅާއި 48 މަސްދަޅުގެ ކޭސްތައް މިފްކޯގެ ފިހާރަތަކުން ޑެލިވަރީކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް