ads
އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ފަންޑުފޮށި——ފޮޓޯ:ސީއެންއެމް
ތުރުކީ އާއި ސީރިއާއަށް އެހީވުމަށް މިސްކިތްތަކުގައި ފަންޑުފޮޮށި ބަހައްޓައިފި
ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުގައި، ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ރާއްޖޭގެ އިލްމުވެރިންނާއި ދީނީ ޖަމިއްޔާތަށް، އަދި މަދަނީ ޖަމިއްޔާތައް ގުޅިގެން ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓައިފި އެވެ.

މި ފަންޑުފޮށިތައް ބަހައްޓާފައި މިވަނީ، އިންޓަނޭޝަނަލް އެއިޑް ކެމްޕޭން(އައިއޭސީ) އިސްނަގައިގެން އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތައް ގުޅިގެން "އެއް އުންމަތެކޭމީ" ނަމުގައި ފެށި ކެމްޕެއިން ހަރަކާތުގެ ތެރެއިން ނެވެ.

އެ ކެމްޕެއިން ލޯންޗް ކުރުމަށް މިދިޔަ އަަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަރަކާތުގެ ފަރާތުން ބުނިގޮތުގައި، ހުކުރު ދުވަހުން ފެށިގެން މާލޭގެ ހުރިހާ މިސްކިތެއްގަ އާއި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ބޮޑެތި މިސްކިތްތަކުގައި ފަންޑުފޮށި ބަހައްޓާނެ އެވެ.

މިއަދު ހުކުރު ނަމާދު ކުރިއަށްދިޔައިރު އިސްލާމީ މަރުކަޒުގައި ވެސް ވަނީ ކެމްޕެއިން ފޮށިތައް ބަހައްޓާފަ އެވެ. އެތަނުގައި ތިން ފޮށި ބަހައްޓާފައި ވެއެވެ. 

your imageއިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ފަންޑުފޮށި——ފޮޓޯ: ސީއެންއެމް

މި ހަރާކާތުގެ ފަރާތުން ވާހަކަދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެދުވަހު ވިދާޅުވީ، ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމަކީ މި ގަރުނުގައިވެސް ދިމާވި މިފަދަ އެންމެބޮޑު އެއް ކާރިސާ ކަމަށާއި، މިކަމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ތުރުކީއާއި ސީރިއާއަށް ކުރިމަތިވި ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް 42000 އަށް ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެކިވަރުގެ ޒަހަމުތައް ލިބިފައިވާ 114,926 މީހުން އުޅޭއިރު، 6500 އަށްވުރެ ގިނަ ގެދޮރު ވަނީ ފަނާވެފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް