ads
ސަނާ
ސަނާއާއި އެކު ސެލްފީ ނަގަން ދެކޮޅުހެދުމުން ހަމަލާދީފި
ސެލްފީ ނަގަން ދެކޮޅު ހެދުމުން، މަޝްހޫރު ކުރިކެޓު ކުޅުންތެރިއާ ޕްރިތުވީ ޝޯ އަށް ބޭސް ބޯޅަ ބެޓަކުން އިންޑިއާގެ ސޯޝަލް މީޑިއާ އިންފުލުއެންޒާ ސަޕްނާ ގިލް (ސަނާ) ހަމަލާދީފިއެވެ.
Advertisement

ސަނާގެ ނަމުން މަޝްހޫރު މި މީސްމީޑިއާ ތަރީގެ އިންސްޓަގުރާމް އެކައުންޓުގައި ދެ ލައްކައަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

ސަނާގެ އިތުރު ހަތް މީހެއްގެ މައްސަލަ ޕްރިތުވީ ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. ކުރިކެޓު ކުޅުންތެރިއާއަށް ހަމަލާ ދިނުމުގެ އިތުރުން އެމީހުން ވަނީ އޭނާގެ ކާރުގެ ވިންޑު ޝީލްޑް ވެސް ތަޅާލާފައެވެ.

އެނާ ފުލުހަށް ހުށަހަޅި މައްސަލައިގައި އެމީހުންގެ އަތުން ބަދަލުގެ ގޮތުގައި 50،000 ރުޕީޒް ހޯދުމަށް ވެސް ވަނީ އެދިފައެވެ. 

your imageޕްރިތުވީ ޝޯ އަށް ސަނާ ހަމަލާ ދެނީ

ހަމަލާ ދޭން އެމީހުން ތިބީ ހޮޓަލުގެ ބޭރުގައި މަޑުކޮށްގެން: 

މި ހާދިސާ ހިނގާދިޔަގޮތް ކިޔާދެމުން ފުލުން ބުނެފައިވަނީ ޕްރިތުވީ އެންމެ ފުރަތަމަ ސަނާއާއެކު ސެލްފީ ނެގިކަމަށެވެ.  ނަމަވެސް ފަހުން ސަނާ ރަހުމަތްތެރިން ގޮވައިގެން އައުމުން ސެލްފީ ނަގަން ޕްރިތުވީ ދެކޮޅު ހެދިކަމަށެވެ. އަދި އަޑުގަދަ ކުރަން ފެށުމުން އެމީހުން ތިބި ހޮޓަލުގެ ސެކިއުރިޓީ މެދުވެރިކޮށް ސަނާއާއި އޭނާގެ ރަހުމަތްތެރިން ހޮޓަލުންބޭރުކޮށްލިކަމަށެވެ. 

"އެމީހުން ތިބީ ހޮޓަލުގެ ބޭރުގައި ޕްރިތުވީ އަށް ހަމަލާދޭން މަޑުކޮށްގެން. ޕްރިތުވީ ނުކުތުމުން ސަނާއި ސަނާގެ ރަހުމަތްތެރިން އަދި އިތުރުބަޔަކު ގުޅިގެން ހަމަލާދިނީ،" ފުލުހުން ބުނެފައިވެއެވެ.

ކުރިކެޓު ކުޅުންތެރިއާ އޭނާގެ ކާރުގައި ނުކުތުމުން ކާރުގެ ފަހަތުން ދުވެ އެމީހުން ވަނީ އޭނާ ހުއްޓުވާފައެވެ. ކާރުން ނެރި އެނާއަށް ވަނީ ބޭސްބޯޅަ ބެޓަކުން ހަމަލާ ދީފައެވެ. 

އިންޑިއާގެ އަމިއްލަ ދަނޑުގައި ނިއުޒިލެންޑާ ދެކޮޅަށް ކުޅުނު ސީރީޒް މެޗުން ބަލިވުމަށްފަހު ޕްރިތުވީ ޝޯ ވަނީ  ކްރިކެޓުން ބްރޭކެއް ނަގައިފަ އެވެ. އޭނާ ޓީ20އައި ޓީމަށް އަނބުރާ ގެނެސްފައިވަނީ ޖެނުއަރީ މަހު ބްލެކްކެޕްސްއާ ދެކޮޅަށް ކުޅުނު 3 މެޗުގެ ސީރީޒަކަށެވެ. ނަމަވެސް މުމްބާއީގައި ކުޅުނު ފުރަތަމަ މެޗުގައި ކުޅުނު އެގާރައިން ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ.

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް