ހިތަދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިމައްސަލާގައި 18 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފައިވެއެވެ.
ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ރޭގެ ވަގުތެއްގައި ހިތަދޫ މެޖިސްޓްރޭޓު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާގެ ހާލަތު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ. އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް މިހާތަނަށް ފުލުހުން ހާމައެއް ނުކުރެ އެވެ.