ads
ކާނަލް ނަޝީދު
ނަޝީދަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ
އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދުގެ ޝަރީއަތުގެ އަޑު އެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.
Advertisement

ކްރިމިނަލް ކޯޓުގައި ކާނަލް ނަޝީދުގެ ޝަރީއަތުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10 ޖަހާއިރަށެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ފެށިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދު، އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯގެ އެނަލިސިސްއެއް ހަދަން އޭނާގެ ފަރާތުން ޝަރިއަތުގައިވަނީ މީގެ ކުރިން އެދިފައެވެ. 

އޭރުގެ ރިޕޯޓްތައް ބުނާ ގޮތުން ނަޝީދުގެ ފަރާތުން އެދިފައިވަނީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯގެ އެނަލިސިސްއެއް ހަދާށެވެ.

އެހެންމަވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ނަޝީދަށް ދިނުމުގެ ބަދަލުގައި، ކޯޓުން އިންތިޒާމުކުރާ ގޮތެއްގެ މަތީން އެ ތަކެތި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް ކުރިން އޮތް އަޑު އެހުމެއްގައި އެދިފަ އެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ޖިންސީ ގުޅުން ހިންގުމުގައި ތުހުމަތުގައި މިދިޔަ އަހަރުގެ ޖުލައި 28 ވަނަ ދުވަހު ނަޝީދު ހައްޔަރު ކުރި އެވެ. ނަމަވެސް ތަހުގީގު ނިންމާ، ދައުވާ ކުރަން މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށްފަހު ފުލުހުން ވަނީ ނަޝީދު ދޫކޮށްލާފަ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އާއްމުވި އެއް ޖިއްސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ކާނަލް ނަޝީދު ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި ލީކުވެފައިވާއިރު އޭނާވަނީ އެކަން ކުރިކަމަށް އެންމެ ފުރަތަމަވެސް އިންކާރުކޮށްފައެވެ. މީގެ ކުރިން މި މައްސަލަތަކުގެ ތެރޭގައި ހިމެނި މިހާރު ހުކުމްކޮށްފައި ތިބި ބައެއް މީހުންވަނީ އެ މީހުން ކުރި ކުށަށް އިއުތިރާފުވެ ތައުބާވެސްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް