މި ގޮތުން މިއަދާ ހަމައަށްވެސް އެސްޓީއޯ ހިންގަމުން އަންނަނީ މި އަސްލުގެ މަތީގައެވެ. އެއިރެއްގައި އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ޒަމާނީ ހައްލު ހޯދައިދިނުމަކީ އެސްޓީއޯގެ އަމާޒެކެވެ. އަދި މާކެޓް ޓްރެންޑްތަކަށް އަންނަ ބަދަލުތަކާ އެކު ދިމާވެދާނެ ކަންކަމަށް ތައްޔާރުވުމަކީ ވެސް އެހާމެ މުހިންމު ކަމެކެވެ.
މި އަހަރުގެ ރޯދަމަސް ކައިރިވަމުން އައުމާ އެކު އެސްޓީއޯއަށް ލިބެމުން އަންނަ އެންމެ ބޮޑު އެއް ޝަކުވާއަކީ ފިޔާ، އަލުވި އަދި ބިސް ފަދަ ތަކެތީގެ އަގުތައް އަރައިގެން ގޮސްފާނޭކަމުގެ ޝަކުވާއެވެ. އަދި ހުޅުމާލޭގައި މި ވަގުތު އެސްޓީއޯގެ ފިހާރަ މަރާމާތުކުރުމަށް ބަންދުކޮށްފައި ހުރުމާ އެކު، އެސްޓީއޯއިން ޒަރޫރީ ބޭނުމަށް އެތެރެކުރާ ކާބޯތަކެތި ލިބޭނެ އެސްޓީއޯގެ ފިހާރައެއް ނެތްކަމުގެ ޝަކުވާއެވެ.
އެއީ ހުޅުމާލެ ފަދަ ބޮޑު އާބާދީއެއްގައި އެސްޓީއޯގެ ފިހާރައެއް ނެތުމުން ތަކެތީގެ އަގު ބޮޑުވެގެން ގޮސްދާނޭކަމުގެ ޝަކުވާއެވެ. އެ އާއެކު މާލެއަށް ދަތުރުކޮށް ކިއުގައި ޖެހެން ޖެހިދާނެކަމުގެ ބިރެވެ. ރަނގަޅު ރޭޓެއްގައި ތަކެތި ހޯދުމަށް ބާޒާރުމަތީ އެއްތަނުން އަނެއް ތަނަށް ދުވަން ޖެހިދާނެކަމުގެ ނުތަނަވަސްކަމެވެ.
މި ފަދަ މުހިންމު ޝަކުވާތައް ދެނެގަނެ، ޒަމާނީ ހައްލު ހޯދައިދިނުމުގެ ގޮތުން އެސްޓީއޯއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓް ތިރީގައި ރޯދަމަހަށް ހާއްސަކޮށްގެން ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައެވެ. ބޭނުމަކީ އެސްޓީއޯގެ މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާ އެކު ފޯރުކޮށްދިނުމެވެ.
'އެސްޓީއޯ ރޯދަ މާޓް'
'އެސްޓީއޯ ރޯދަ މާޓް' ގެ މަސައްކަތް އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ބައްލަވާލައްވަނީ - ފޮޓޯ:އެސްޓީއޯ
ފިޔާ، އަލުވި އަދި ބިހުގެ އިތުރު މައުލޫމާތު: